March 10, 2026
Advertisement
ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލިސް އުވާލުން
ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލިސް އުވާލުން / ގެޓީ އިމޭޖަސް

ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 29, 2024, 04:59 PM
މާލެ ސިޓީ

ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އާ އިންތިހާބެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔަ އިއުލާނު ކުރައްވައިފި އެވެ.

Advertisement

މިކަން އިއުލާން ކުރީ ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޓްސްގެ މައްޗަށް މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފަހު އެވެ.

އިންތިހާބަށް ފަހު މައްސަލަތައް ހައްލުކުރުމަކީ، އަނެއްކާ ވެސް ސިޔާސީ މައިދާނުގެ މައިގަނޑު އަމާޒަކަށް ވާން ޖެހޭ ކަމަށް ފްރޭންކް ވޯލްޓަ ސްޓައިންމަޔަ ދެއްކެވި ވާހަކަގައި ފާހަގަކުރެއްވި އެވެ.

ސްޓައިންމަޔަ ވަނީ، އިންސާފުވެރި އަދި ދެ ފުށް ފެންނަ ކެމްޕޭނެއް ކުރުމަށް ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރައްވައިފަ އެވެ.

އާ ސަރުކާރެއް ގާއިމްކުރެވެންދެން، އިންތިގާލީ ސަރުކާރުގެ އިސްވެރިއެއްގެ ގޮތުގައި، ސޯޝަލް ޑިމޮކްރެޓެއް ކަމަށްވާ ޝޮލްޒް ދެމިހުންނަވާނެ އެވެ.

ހިޔާލު ހޯދުމުގެ ބައެއް ސާވޭތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި ކޮންޒަވޭޓިވް ޕާޓީގެ ފްރީޑްރިކް މާޒު އިންތިހާބު ކާމިޔާބުކުރާނެ އެވެ. މާޒު މިހާރު ވެސް ވަނީ ކެމްޕޭނު ފައްޓަވައި، ޝޮލްޒްގެ ވެރިކަމުގައި ތަންފީޒުކުރި ހަރުކަށި ގަވާޢިދުތަކުގެ ސަބަބުން ޖަރުމަނުވިލާތުގެ އިގުތިސާދީ ކުރިއެރުމަށް ހުރަސްއެޅިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved