March 10, 2026
Advertisement
ވެއްޓުނު ބޯޓުގައި ރޯވެފައި.
ވެއްޓުނު ބޯޓުގައި ރޯވެފައި. / ސައުތް ޗައިނާ މޯރނިންގް ޕޯސްޓް

ދެކުނު ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި 120 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 29, 2024, 04:18 PM
މާލެ ސިޓީ

ދެކުނު ކޮރެއާގެ މަތިންދާބޯޓެއް 181 މީހުންނާ އެކު އެ ގައުމުގެ މުއާން އެއާޕޯޓަށް ވެއްޓި 120 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

Advertisement

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާން ރޯވެ ގަދަޔަށް ދުން އަރަމުންދެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ރަންވޭއަށް ބޯޓު ޖެއްސުމަށް ފަހު ކޮންޓްރޯލް ނުވެ ގޮސް ފެންސެއްގައި ޖެހުމާ އެކު ބޯޓު ގޮވައި ހުޅުގަނޑު ފަޅައިގެން ދިޔައެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ތައިލެންޑުން ފުރައިގެން ދެކުނު ކޮރެއާ އަށް ދަތުރުކުރި މި ބޯޓު ވަރަށް ބޮޑަށް ހަލާކުވެ ބޯޓުގެ ތެރޭގައި ބައެއް މީހުން އަދިވެސް ތާށިވެފައި ތިބުމާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގް-މޮކް ވަނީ ފަސިންޖަރުން ސަލާމަތްކުރުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް އަމުރުކުރައްވާފަ އެވެ. އަދި އޭނާ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ބޯޓު ގޮވަން މެދުވެރިވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ލޭންޑިން ގިއާ ފެއިލްވުމުންނެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ބޯޓު ގޮވަން މެދުވެރިވި ސަބަބެއް ހާމަ ކޮށްފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާ ބޯޓެއް ކަޒަކްސްތާނަށް ވެއްޓި 37 މީހުން މަރުވި އެވެ. އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved