މި އަހަރު ފެށިގެން ދިޔައީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ކުޅިވަރުތަކާއި މަޖަލުގެ ތެރެއިންނެވެ. ނަމަވެސް ފަލަސްތީނުގައި އާއަހަރު ފެށިގެން ދިޔައީ ސަހްޔޫނީންގެ އަނިޔާވެރި ބޮމުގެ ހަމަލާތަކުންނެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހުގެ މެންދަމު ސަހްޔޫނީން ވަނީ ހާން ޔޫނިސްގައި ހުރި ރިހާބިލި ސަރަޙައްދުތަކަށް އެތައް ބޮމެއް އޮއްސާލާފަ އެވެ.
މި އަހަރުގެ ފުރަތަމަ ދުވަހު ސަހްޔޫނީން ފަލަސްތީނުގެ ގާޒާ އިން ދިން ހަމަލާތަކުގައި 20 މީހަކު ޝަހީދުކޮށްލިއިރު އޮކްޓޯބަރު 7، 2023، ގައި ސަހްޔޫނީން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދު ކުރުމުގައި މިހާތަނަށް ވަނީ 45،564 މީހުން ޝަހީދުކޮށްލައިފަ އެވެ.
ސަހްޔޫނީން ވައިގެ ހަމަލާތައް އިއްޔެ އަމާޒުކޮށްފައިވަނީ ގާޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕަށާއި ގާޒާގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
އާ އަހަރެއްފެށިގެން މުޅި ދުނިޔެއިން ހަވާ އަރުވާ އުފާކުރަމުން އަންނައިރު ސަހްޔޫނީންގެ ހަމަލާތަކުގައި ގާޒާއިނ ޒަހަމްކޮށްލާ މީހުންވެސް ފަރުވާނުލިބި ދަނީ މަރުވަމުންނެވެ. ގާޒާގެ ފޮތި ފޭލިގެތަކުގައި ދިރުއުޅޭ ބޮޑެތި މީހުންވެސް ތަހައްމަލް ކުރަންޖެހިފައިވަނީ ގަދަ ފިނީގެ ވޭނެވެ.
ގާޒާގެ އާންމުން ދިރިއުޅެން ޖެހިފައިވަނީ ވާރެއިން ހިޔާނުވާ، ފިނިން ސަލާމަތްނުވާ އަދި އަވިންވެސް ހިމާޔަތެއް ނުލިބޭ އާދައިގެ ފޮތި ފޭލިގެތަކެއްގަ އެވެ. އެތަންތަނުގައި އިންސާނުން ދިރިއުޅުމަށް ބޭނުންވާ އެއްވެސް ވަސީލަތެއްނެތެވެ. ކަރަންޓެއް ފެނެއްނެތެވެ. ކާބޯ އެއްޗެއް ނެތެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން މި ހަފްތާގައި ނެރުނު ރިޕޯޓެއްގައި ގާޒާގެ ސިއްހީ ހިދުމަތްތައް އޮތް ހާލަތު ބަޔާންކޮށް ސަހްޔޫނީން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފްވަމުންދާ މައްސަލަ އަނެއްކާވެސް ފާހަގަކޮށްފައިވެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަހްޔޫނީން ގާޒާގެ ހޮސްޕިޓަލްތަކަށާއި އެ ތަންތަނުގެ ކައިރީގައި ދޭ ނުރައްކާތެރި ހަމަލާތަކާއި އެ ކަންކަމާ ގުޅިފައިވާ އަމަލުތަކުގެ ސަބަބުން ސިއްހީ ނިޒާމު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ގާޒާގެ ރައްޔިތުންނަށް އިސްރާއީލު ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.
މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.