April 30, 2026
Advertisement
އުމުރުން އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮތް، ޖަޕާނުގެ ޓޮމިކޯ އިޓޫކާ 116 ވަނަ އުފަން ދުވަސް މިދިޔަ އަހަރުގެ މެއި 24 ގައި ފާހަގަކުރަނީ
އުމުރުން އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮތް، ޖަޕާނުގެ ޓޮމިކޯ އިޓޫކާ 116 ވަނަ އުފަން ދުވަސް މިދިޔަ އަހަރުގެ މެއި 24 ގައި ފާހަގަކުރަނީ / އޭއެފްޕީ

ދުނިޔޭގެ އެންމެ ގިނަ ދުވަސް ވީ މީހާ މަރުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 5, 2025, 05:34 PM
މާލެ ސިޓީ

ގިނެސް ވޯލްޑް ރެކޯޑްސްއިން ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ފާހަގަކޮށްފައިވާ ޖަޕާނުގެ ޓިމީކޯ އިޓޫކާ އުމުރުން 116 އަހަރުގައި މަރުވެއްޖެ އެވެ.

Advertisement

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި އިޓޫކާ ލިސްޓުކުރީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އުމުރުން 117 އަހަރުގައި ސްޕެއިންގެ މާރިއާ ބްރެންޔަސް މޮރޭރާ މަރުވުމުންނެވެ.

އިޓޫކާ މަރުވީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ޖަޕާނުގެ ހިޔޯގޯ ޕްރިފެކްޗާގެ އާޝިޔާ ސިޓީގެ ނާސިން ހޯމެއްގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

ޖަޕާނުގައި އާންމުގޮތެއްގައި އަންހެނުންގެ އުމުރު ދިގެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ ބޭސްފަރުވާއާއި ވެލްފެއާގެ ހަރަދުތައް ބޮޑުވަމުން ދާއިރު އާބާދީ މުސްކުޅިވުމުގެ ނުރައްކާ އެ ގައުމަށް ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެ ގައުމުގެ 124 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަކީ 65 އަހަރުން މަތީގެ މީހުންނެވެ.

އިޓޫކާ އަށް ފަހު 16 ދުވަސް ފަހުން އުފަންވި އަދި އުމުރުން 116 އަހަރުގެ ބްރެޒިލްގެ ނަންނާ އިނާ ކަނާބަރޯ ލޫކަސް އަކީ މިހާރު ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved