April 30, 2026
Advertisement
ސަހްޔޫނީންގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ބަޔަކު މަގުމަތީގައި: މި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އާ މަސައްކަތްތަކެއް ވަނީ ފަށާފައި.
ސަހްޔޫނީންގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ބަޔަކު މަގުމަތީގައި: މި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އާ މަސައްކަތްތަކެއް ވަނީ ފަށާފައި. / އޭއެފްޕީ

ސަހްޔޫނީން ދޭ ވައިގެ ހަމަލާތަކުގައި 30 މީހުން މަރުވެ ދިހަވަރަކަށް މީހުން ޒަހަމްވުން

Hussain Nawaf
ހުސައިން ނަވާފް
Jan 6, 2025, 09:53 PM
ޣައްޒާ

ގާޒާ ހުރަސްކޮށް ސަހްޔޫނީން ދޭ ވައިގެ ހަމަލާތަކުގައި 30 މީހުން މަރުވެ ދިހަވަރަކަށް މީހުން ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލާއި ޒަހަމްވެއްޖެ އެވެ.

Advertisement

ގާޒާގެ އަލް ދަރާޖް ނަމަކަށް ކިޔާ ސަރަހައްދުގައި ހުންނަ އަލް އޮމާރީ މިސްކިތް ކައިރީގައި ހުންނަ ގެއަކަށް ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަންހެނަކާއި ކުޑަކުއްޖަކު މަރުވެއްޖެއެވެ. މީގެ އިތުރުން ޣައްޒާގެ އުތުރުގެ ހިސާބެއްކަމަށްވާ ޝެއިޚް ރަދުވާންގައި ގެއަކަށް އިތުރު ވައިގެ ހަމަލާއެއްދީ ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވިކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު މަސްބާހް ސަރަހައްދުގައި ހިނގި އެހެން ހާދިސާއެއްގައި ވެސް ޑްރޯން ހަމަލާއެއްގައި ދެ ދަނޑުވެރިން މަރުވެފައިވެ އެވެ.

ރަފަހުގެ އުތުރުން އޮންނަ ކޯފް މެރާޖް ކައިރީގައި ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

އެއާއިއެކު ހުކުރު ދުވަހުގެ ހަވީރު ވަނީ ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލުގެ ވޮލަންޓިއަރެއް ކަމަށްވާ ޑރ ތަބަތު ސަލީމް ޝަހީދުވިކަން އިއުލާންކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved