އަވަސް އެޕް ލޯގޯ / އަވަސް
ވިޔަފާރި
އަވަސް އެޕް މާދަމާ ރަސްމީކޮށް ލޯންޗު ކުރަނީ!
Hussain Nawaf
ހުސައިން ނަވާފް
09 ޖެނުއަރީ 2025
ހުޅުމާލެ

ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުންދާ އެންމެ ބޮޑު ކުންފުނި އަވަސް ރައިޑްގެ މޯބައިލް އެޕްލިކޭޝަން, މުޅިންއާ އަޕްގްރޭޑަކާއި އެކު އަވަސް އެޕުގެ ނަމުގައި މާދަމާ ލޯންޗް ކުރާނެއެވެ.

އަވަސް އެޕް ރަސްމީކޮށް ލޯންޗުކުރާނީ މާދަމާ ރޭގަނޑު 20:00 އިން ފެށިގެންނެެވެ. އެއާއިއެކު ކުޑަކުދިންގެ ހަވީރެއްވެސް 16:00 އިން ފެށިގެން އިރުއޮއްސި 19:00 ޖަހަންދެން ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އަދި މި އާއިލީ ހަވީރުގައި ރޮބޯމޭންގެ ޚާއްސަ ޝޯވް އެއްވެސް އޮންނާނެ އެވެ.

މި ޝޯވްގެ އިތުރުން އެކި އެކި އުމުރުފުރައިގެ މީހުންނަށް ޚާއްސަ ކުޅިވަރުތަކާއި ހަރަކާތްތައްވެސް ކުރިއަށް ދާނެކަމަށާއި އެ މުނަސާބަތާއި ގުޅިގެން ރޭގަނޑު ހަވާވެސް އަރުވާނެ ކަމަށް ޓަވިޔަނި ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދިނެވެ.

މި އިވެންޓް އޮންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved