March 28, 2026
Advertisement
އަވަސް އެޕް ލޯގޯ
އަވަސް އެޕް ލޯގޯ / ސޯޝަލް މީޑިއާ

އަވަސް އެޕް އިން ދަތުރު ކޮއްގެން ކޮންމެ މަހަކު އައިފޯން 16 ޕްރޯ އެއް!

Hussain Nawaf
ހުސައިން ނަވާފް
Feb 8, 2025, 10:25 PM

އަވަސް އެޕް އިން ތަޢާރަފްކުރާ އެންމެ ފަހުގެ ޕްރޮމޯޝަނުގެ ދަށުން ކޮންމެ މަހަކު އެއް ކަސްޓަމަރަކާއި އެއް ޑްރައިވަރަކަށް އައިފޯން 16 ޕްރޯ އެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Advertisement

އަވަސް އެޕް މެދުވެރިކޮށް ދަތުރުތައް ފުރިހަމަ ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ދަތުރަކީ ވެސް އެއް އެންޓްރީ އެއްގެ ގޮތުގައި ގުނޭނެ ވާހަކަ އަވަސް އިން ވަނީ ހާމަކޮށްފައެވެ.

ކަސްޓަމަރުންނަށް ވެސް އަދި ޑްރައިވަރުންނަށް ވެސް މި ފުރުސަތުގައި ބައިވެރިވެވޭނެ ކަމާއި ގިނަ ދަތުރުތައް ފުރިހަމަ ކުރާ ވަރަކަށް މޮޅުވުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށްވެސް އަވަސް އިން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ޖުލައި 2025 އާ ހަމައަށެވެ. އެހެންކަމުން މިހާރުން މިހާރަށް އަވަސް އެޕް ޑައުންލޯޑްކޮށް، މި ހާއްސަ ފުރުސަތުގައި ބައިވެރިވެ، އައިފޯން 16 ޕްރޯ އެއް އަތުލުމުގެ ފުރުސަތު ހޯދާލެއްވުމަށް އަވަސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް އަވަސް އެޕް ޑައުންލޯޑްކުރައްވާ ނުވަތަ އަވަހުގެ ކަސްޓަމަރ ސަރވިސް އާއި ގުޅުއްވޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved