March 17, 2026
Advertisement
އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތައާރަފް ކުރަން މިރޭ ބޭއްވި އިވެންޓް
އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތައާރަފް ކުރަން މިރޭ ބޭއްވި އިވެންޓް / ތޭރަ އޮންލައިން

ފަސޭހަ ގިނަ އާ ފީޗާ ތަކާއިއެކު އަވަސް އެޕް ލޯންޗު ކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 11, 2025, 02:36 AM
މާލެ ސިޓީ

ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް މިރޭ ތައާރަފް ތައާރަފުކޮށްފި އެވެ.

Advertisement

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަވަސް އެޕް ލޯންޗްކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އެވެ.

އެޕް ލޯންޗު ކުރުމުގެ ކުރިން މިއަދު ހަވީރު އަވަސް އެޕް ލޯންޗު ކުރުމާ ދިމާކޮށް ކުޑަ ކުދިންގެ ހަވީރެއް ވެސް އަވަސް ރައިޑުން ވަނީ ސެންޓްރަލް ޕާކުގައި ބާއްވާފަ އެވެ.

ގިނަ ބަޔަކު ބައިވެރިވި ކުޑަކުދިންގެ ހަވީރުގައި ރޮބޯމޭންގެ ހާއްސަ ޝޯއަކާއި އެކި އުމުރުފުރާތަކަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރު ނެގުމަށްފަހު ނަސީބުވެރިޔަކަށް ޕްލޭސްޓޭޝަން 5 އެއް ހަދިޔާއަކަށް ވަނީ ދީފަ އެވެ.

މި ހަފުލާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ރަމީޒް ވިދާޅުވީ، އަވަސް، ފަސޭހަ، ޒަމާނީ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އުންމީދެއް ކަމަށާއި މިރޭ އިފްތިތާހު ކުރެވުނީ އެ ކުންފުނިން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

އެ އަމާޒަށް ވާސިލުވާން އެ ކުންފުނިން 2015 ވަނަ އަހަރު ފެށީ 'ކޮބާ ޓެކްސީ އެޕްލިކޭޝަނުން' ކަމަށް ރަމީޒް ވިދާޅުވިއެވެ. އޭގެފަހުން އަވަސް ރައިޑް އެޕާ އެކު އަމާޒުކުރީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަވަސް ރައިޑްގެ ހިދުމަތް 2019 ގައި މާލެ ސިޓީގައި ފެށިއިރު، އެ ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުން ވެސް ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.

އެގޮތުން މިހާރު ވެސް 3000 ވެހިކަލް އަވަސް އެޕް ބޭނުންކުރެ އެވެ. ދަތުރުފަތުރުގެ ސިނާއަތް އާ އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ދިވެހި ޒުވާން ޓީމަކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved