
އަވަސް އެޕުން ލޭ ހަދިޔާ ކުރުމުގެ ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހުއެވެ.
މި ހަރަކާތް އޮންނާނީ 10:00 ން 19:45 ކަށް ތެލެސީމިއާ ސެންޓަރުގައެވެ.
ރައްކާތެރި ދަތުރުތައް ކަށަވަރުކޮށްދޭ ފަދައިން، ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް އެހީތެރިވުމަށް އަވަސްއިންވަނީ އިލްތިމާސްކޮށްފައެވެ.
ޑްރައިވަރުންނަށް ހާއްސަ މި ހަރަކާތުގައި ބައިވެރިވުމަށް ގޫގްލް ފޯމެއް މެދުވެރިކޮށް ނަމާއި، ފޯނު ނަމްބަރާއި އެކު އުމުރު ހިއްސާ ކޮށް ރަޖިސްޓަރ ކުރުމުން މި ހަރަކާތުގައި ބައިވެރިވެވޭނެކަމަށްވެސް އެ ކުންފުނިންވަނީ ހާމަކޮށްފަ އެވެ.
އެގޮތުން އަވަސް ލޭ ހަދިޔާ ކުރުމުގެ ޑްރައިވް އާއި ގުޅިވަޑައިގަންނެވުމަށްވަނީ އެ ކުންފުނިން އިލްތިމާސްކޮށްފަ އެވެ.








