March 28, 2026
Advertisement
ޓެކްސީތަކެއް މާލޭ ބޮޑުތަކުރުފާނު މަގުގައި
ޓެކްސީތަކެއް މާލޭ ބޮޑުތަކުރުފާނު މަގުގައި / ދަ ޕްރެސް

ދައުލަތުން ޓެކްސީ ހިދުމަތް ފެށުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ: އަވަސް އެޕް

Hussain Nawaf
ހުސައިން ނަވާފް
Feb 16, 2025, 10:48 PM

ދައުލަތުން ޓެކްސީ ހިދުމަތް ފެށުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ބުނެ އެ ކަމާއި ގުޅިގެން އަވަސް އެޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

އަވަސް އިން މިކަން ހާމަކޮށްފައިވަނީ ނެރުނު ނޫސް ބަޔާނެއްގައެވެ.

މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އެހީގައި ޓެކްސީ ފްލީޓެއް ތައާރަފްކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި އަދި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ކުދި ވިޔަފާރިތަކަށް ގެއްލުންވެ، މި ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމެއް ކަމަށް ސިފަކޮށްފައެވެ.

ދައުލަތުން ޓެކްސީ ފްލީޓެއް ފެށުމުގެ ކުރިން އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތައް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ނަމަވެސް އެ ނިންމުން ސަރުކާރުން ނިންމީ ޓެކްސީ ސެންޓަރުތަކާއި މަޝްވަރާ ކުރުމެއް ނެތިކަންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ރަނގަޅު ކުރަންޖެހޭ ނުވަތަ އިސްލާހު ކުރަން ޖެހޭ ކަންކަންވެސް ދައުލަތުން ސާފު ނުކޮށްދޭ ކަމާއި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއްވެސް އަޅާފައިނުވާ ކަމަށް އެ ބަޔާނުގައި އަވަސް އިން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހިފައިވާއިރު ވަކި ފަރާތްތަކަކަށް ދައުލަތުގެ ބިންތަކުގައި ނުހަނު ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީކުރަން ފުރުސަތު ދީ އާންމުންނަށް ވެހިކަލް ރަޖިސްޓްރީ ނުކޮށްދޭ ކަމަށާއި އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކުރިޔަސް، އެ މުއައްސަސާއިން ޒިންމާދާރު ގޮތެއްގައި އެއްބާރުލުންދީފައިނުވާކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved