April 16, 2026
Advertisement
-
- / ސީ.އެން.އެން

ލޮސް އެންޖެލިސްގައި ކުއްލި ހާލަތު އިއުލާންކޮށްފި

Mohamed Shahym
މުހައްމަދު ޝަހީމް
Jan 12, 2025, 12:50 AM
މާލެ ސިޓީ

އެމެރިކާގެ ލޮސް އެންޖެލިސްގައި ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން ދުމާއި އަޅި ވައިގެ ތެރޭގައި ގިނަވެ އެ ސިޓީގައި ސިއްހީ ކުއްލި ހާލަތު ކަމާބެހޭ ފަރާތްތަކުން އިއުލާން ކޮށްފިއެވެ.

Advertisement

އެ ސިޓީގެ ކައުންޓީ ޕަބްލިކް ހެލްތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަލިފާނާއި ބާރު ވައިރޯޅިތަކުގެ ސަބަބުން ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާތީ އާއި އާންމު ސިއްހަތަށް ވަގުތީ އަދި ދިގު މުއްދަތުގެ ނުރައްކާތަކެއް ކުރިމަތިވެފައިވާތީ އެކަމުން އަރައިގަތުމަށް ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ކަމަށެވެ.

ލޮސް އެންޖެލިސްގައި ރޯވެފައިވާ މި އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔެއްގެ ގެދޮރު އަނދާ އަޅިއަށްވެފައިވާއިރު އެތައް ބަޔަކަށް ސިއްހީ ފަރުވާ ދިނުމަށް ވަނީ މަޖުބޫރުވެފައެވެ.

މީގެ އިތުރުން، ވައިގެ ތެރޭގައި ދުން ހޫނުވެ، ނޭވާލާން އުނދަގޫ ބަލި ހާލަތު ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި އެހެނިހެން ނާޒުކު އާބާދީތަކަށް ނޭދެވޭ އަސަރުކުރާތީ "ޕަވަރ އެއާ ބްލޯވަރސް - ލީފް ބްލޯވަރސް" ފަދަ ތަކެތި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.

ކައުންޓީ ޕަބްލިކް ހެލްތް އިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގިނަވަގުތު ގޭގައި ތިބުމަށާއި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ އެއްވެސް މީހަކުވެސް އަދި ގޭގައި ގެންގުޅޭ ޖަނަވާރުންވެސް ބޭރަށް ނުނެރުމަށެވެ.

މިހާދިސާގައި މިހާތަނަށް 11 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved