![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J85EDDEVQPQMVBEN34B15PFB.jpg)
![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J85EDDJ0FTGHQYK4KJX8MZQZ.jpg)
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ބަންދުކޮށްފައި ތިބި ސަހްޔޫނީންގެ ހަތަރު އަންހެން ސިފައިން ދޫކޮށްލައި، ޣައްޒާ ރެޑްކްރޮސްގެ އޮފިޝަލުންނާ ހަވާލުކޮށްފިއެވެ.
ހޮނިހިރު ދުވަހު އަސީރުން ދެވަނަ ފަހަރަށް ދޫކޮށްލުމުގެ ބަދަލުގައި ސަހްޔޫނީން ބުނެފައިވަނީ ފަލަސްތީނުގެ 200 މީހަކު އެގައުމުގެ ޖަލުން ދޫކޮށްލާފައިވާ ކަމަށެވެ.
ޣައްޒާގައި ދޫކޮށްލުމުގެ ކުރިން މޫނު ނިވާކޮށްގެން ތިބި ހަމާސް އާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ވަނީ ފަލަސްތީނުގެ ގިނަ ބަޔަކު ވެސް އެއްވެފައި ތިބި މައިދާނަށް އެއްވެފަ އެވެ.
ހަމާސްގެ އެތައް ސަތޭކަ މެންބަރުންގެ އިތުރުން ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހިމެނޭ ގޮތަށް ފަލަސްތީނުގެ އެހެން ފެކްޝަންތައް ވެސް އެ ސަރަހައްދުގައި ބައިވެރިވެފައިވެ އެވެ.
އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލި ފަލަސްތީނުގެ 200 މީހުންގެ ތެރެއިން 121 މީހަކު އުމުރަށް ޖަލަށް ލާފައިވާއިރު، 79 މީހަކު ދިގު މުއްދަތެއްގެ ހުކުމް ތަންފީޒު ކުރަމުން ދިޔައެވެ. އެންމެ ދުވަސްވީ ގައިދީގެ އުމުރަކީ 69 އަހަރު ކަމަށާއި އެންމެ ހަގު ގައިދީގެ އުމުރަކީ އެންމެ 15 އަހަރު ކަމަށާއި ފަލަސްތީނުގެ ހަތްދިހަ މީހަކު ޑީޕޯޓް ކުރަން ޖެހޭއިރު މިސްރުން 48 ގަޑިއިރު ހޯސްޓް ކުރާނެ ކަމަށް ބެލެވެ އެވެ.