މިއަދު ދޫކޮށްލި ރަހީނެއް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ދުނިޔެ
ހަނގުރާމަ ހުއްޓާލި އެއްބަސްވުމުގެ ދަށުން ސަހްޔޫނީންގެ ތިން ރަހީނުން ރެޑް ކްރޮސް އާއި ހަވާލުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
30 ޖެނުއަރީ 2025

ހަނގުރާމަ ހުއްޓާލި މަރުހަލާތަކަކަށް ބަހައިލައިގެންވި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ރަހީނުކޮށްފައިވާ ސަހްޔޫނީންގެ ތިން މީހުން ރެޑް ކްރޮސް އާއި ހަވާލުކޮށްފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެގެން ސަހްޔޫނީންނަށް ދިން ހަމަލާގައި ކިބުޓްޒް ނިރް އޮޒް އިން ރަހީނު ކުރި ދެ މީހުން ހާމަސްގެ ހާޒިރުގައި އެކަކު އަނެކަކާއި ބައްދާލައިގެން ތިބި މަންޒަރު ފެންނަ ވީޑިއޯއެްވެސްވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މި ވީޑިއޯ ހިއްސާކޮށްފައިވަނީ އިސްލާމިކް ޖިހާދުންނެވެ.

އިސްރާއީލުގައި މަރުގެ ހަމަލާތަކުގައި ބައިވެރިވި ކަމަށް ސާބިތުވެފައިވާ 30 ކުޑަކުދިންނާއި ފަލަސްތީނުގެ ބައެއް ޖަމާއަތްތަކުގެ މެމްބަރުން ހިމެނޭ ފަލަސްތީނުގެ ގައިދީންތަކެއް މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ގެންދާނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސަހްޔޫނީން ގާޒާގެ އާންމުން މަރައި ހޮސްޕިޓަލްތަކަށް ބޮންއަޅައި ގާޒާގެ ރައްޔިތުން ބަނޑަށް ޖެއްސީ ގާޒާގެ ރައްޔިތުން މަރަށް ބިރަށް އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ މަގްސަދުގައެވެ. މިގޮތަށް އަނިޔާކުރުމުން ގާޒާގެ ރައްޔިތުން އެމީހުންގެ ވަޒަންދޫކޮށް އަވަށްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާނެކަމުގެ އުންމީދުގައެވެ.

ނަމަވެސް އެކަން އެގޮތަށް ނުވުމުން ދެން ސަހްޔޫނީން މަސައްކަތްކުރީ އެމެރިކާ މެދުވެރިކޮށް އަރަބިންނަށް ފިއްތުންތައް ކުރިމަތިކޮށްގެން އެކަން ކުރުމަށެވެ. ނަމަވެސް މިގޮތަށްވެސް އެކަން ނުކުރެވޭނެކަން މިހާރު މިވަނީ ޔަގީންވެފަ އެވެ.

ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދިޔަ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved