March 12, 2026
Advertisement
އޮފަރ ކަލްޑެރޯން ހަމާސްއިން ދޫކޮށްލަނީ
އޮފަރ ކަލްޑެރޯން ހަމާސްއިން ދޫކޮށްލަނީ / ރޮއިޓަރސް

ފަލަސްތީނުގެ 183 ގައިދީން ދޫކޮށްލުމުގެ ބަދަލުގައި ހަމާސް އިން ސަހްޔޫނީންގެ ތިން އަސީރުން ދޫކޮށްލާފި

Hussain Nawaf
ހުސައިން ނަވާފް
Feb 1, 2025, 09:30 PM

ސަހްޔޫނީން ފަލަސްތީނުގެ 183 ގައިދީން މިނިވަންކުރުމުގެ ބަދަލުގައި ހަމާސް އިން ސަހްޔޫނީންގެ ތިން އަސީރުން ދޫކޮށްލާފިއެވެ.

Advertisement

ފްރާންސާއި އިސްރާއީލުގެ ޑުއަލް ސިޓިޒަން އޮފަރު ކަލްޑެރޯން އާއި އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ ޔާޑަން ބިބާސް ރެޑްކްރޮސްއާ ހަވާލުކޮށްފައި ވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގައެވެ. އަދި މި މަންޒަރުވަނީ އަލްޖަޒީރާއިން ހޮނިހިރު ދައްކާފައެވެ.

އޭގެ ގަޑިއިރަކަށް ވުރެ ގިނައިރު ފަހުން އެމެރިކާ އާއި އިސްރާއީލުގެ ޑުއަލް ސިޓިޒަން ކޭތު ސީގަލް ވަނީ އެ އޮންކްލޭވްގެ އުތުރު ފަރާތުގައި އޮންނަ ޣައްޒާ ސިޓީގައި ރެޑްކްރޮސްގެ އޮފިޝަލުންނާ ހަވާލުކޮށްފަ އެވެ.

ސަހްޔޫނީންގެ ތިން އަސީރުން އިސްރާއީލަށް ދިއުމާއެކު، ޖެނުއަރީ 19 ގައި ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިފަދަ ހަތަރުވަނަ ބަދަލުވުމެއްގައި ފަލަސްތީނުގެ 183 ގައިދީން މިނިވަން ކުރުމުގެ މަރުހަލާވަނީ ފަށާފައެވެ.

ހޮނިހިރު ދުވަހު ދޫކޮށްލާ ފަލަސްތީނުގެ 183 މީހުންގެ ތެރެއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ސަހްޔޫނީންގެ ސިފައިން ޣައްޒާއަށް ގެންދިޔަ 111 މީހުން ޣައްޒާގައި ވަކިން ދޫކޮށްލާނެ ކަމަށާއި އޭގެ ތެރެއިން ހަތް މީހަކު މިސްރު މެދުވެރިކޮށް އެހެން ތަނަކަށް ފޮނުވާލާނެ ކަމަށް މީޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.

ގާތްގަނޑަކަށް 4،500 ފަލަސްތީނުގެ ގައިދީން ސަހްޔޫނީ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ކަމަށް ލަފާކުރެވޭއިރު އޭގެ ތެރެއިން 310 މީހުން ތިބީ ޝަރީއަތެއްގެ ހައްގު ނެތިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved