March 20, 2026
Advertisement
ޝިއުނާގެ ދަރިފުޅު މިއަދު ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން
ޝިއުނާގެ ދަރިފުޅު މިއަދު ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން / ތޭރަ އޮންލައިން

ޝިއުނާގެ ދަރިފުޅުގެ ސުވާލު ސަރުކާރަށް: ހައްގުވާ ސިއްހީ މިންވަރަކީ މިއީ ތޯ؟

Hussain Nawaf
ހުސައިން ނަވާފް
Feb 8, 2025, 11:56 PM

ގއ. ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ އަންހެނަކާއި ކުޑަ ދަރިފުޅުގެ ފުރާނަ ގެއްލުމާއި ގުޅިގެން އެ ރަށުގައި ބޮޑު އިހުތިޖާޖެއް ކުރިއަށް ގެންގޮސްފިއެވެ.

Advertisement

ހާލު ބޮޑު މާބަނޑު އަންހެނަކު ދުވަސް ނުފުރައި ވިހެއި ދަރިފުޅާ އެކު، އިތުރު ފަރުވާއަށް މާލެ ގެންނަން އުޅެނިކޮށް، ކުއްޑޫ އެއާޕޯޓު ރަންވޭ މައްޗަށް ދާދި ފަހުންވަނީ ނިޔާވެފައެވެ. ދެމައިން ނިޔާވި ހިތާމަވެރި ހާދިސާގައި ބައެއް އިހުމާލު އޮތް ކަމަށް ޝިއުނާގެ އާއިލާއިން ބުނެ އެވެ. އެގޮތުން، ވިލިނގިލީ ހޮސްޕިޓަލާއި އެއާ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

މި އިހްތިޖާޖު ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 4:30 ގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިހްތިޖާޖުގެ ބައިވެރިން ތިބީ ކަޅު ކުލަ ތުރު ކުރައްވައިގެންނެވެ.

މިއަދު ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން
މިއަދު ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން

މި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން އާންމު ރައްޔިތުންވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

އެގޮތުން ޝިއުނާ އާއި ކުޑަ ދަރިފުޅު ނިޔާވުމާއި ގުޅިގެން ހިންގާ ތަހުގީގުތައް އަވަހަށް ނިންމުމަށް އެ ރަށުގެ ރައްޔިތުންވަނީ ގޮވާލާފައެވެ. މީގެ އިތުރުން ގއ އަތޮޅު އައު ހޮސްޕިޓަލް އަވަސް ކުރުމަށާއި އެ އަތޮޅު ހޮސްޕިޓަލުގައި އެންއައިސީޔޫއެއް ގާއިމު ކުރުން އަވަސް ކުރުމަށްވެސް ރައްޔިތުންވަނީ އެދިލައްވާފައެވެ.

ޑޮކްޓަރުންގެ ފެންވަރު ދައްކަމަށް ބުނެ ކަމަށް އެކަށީގެންވާ ރަނގަޅު ޑޮކްޓަރުން ފޮނުވުމަށްވެސް އެ ރަށުގެ ރައްޔިތުންވަނީ އެދިފައެވެ.

އިހްތިޖާޖު ކުރިއަށް ދިޔަ އިރު އަތޮޅު ތެރޭ ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ އެއީ ތޯ ވެސްވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެ އިހްތިޖާޖު ކުރިއަށް ދިޔައީ އެފަދައިން ލިޔެފައި ހުރި ބެނާ އެއް ހިފައިންކަންވެސް ފާހަގަކޮށްލެވެއެވެ.

ޝިއުނާ އާއި ކުޑަ ދަރިފުޅު ނިޔާވީ އިހުމާލުންކަމަށް ބުނެ ރައްޔިތުން ދިޔައީ އެކަން ކުށްވެރި ކުރަމުންކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އެއީ މައާފް ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށްވެސް އިހްތިޖާޖުގެ ބައިވެރިންވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލަ ހެލްތު މިނިސްޓްރީ އާއި ދިވެހި ފުލުހުން ބަލަން ފަށައިފާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މިއަދު ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން
މިއަދު ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved