March 15, 2026
Advertisement
ޣަައްޒާގައި ދިރިއުޅުމަށް ޖަހައިފައިވާ ޓެންޓެއް
ޣަައްޒާގައި ދިރިއުޅުމަށް ޖަހައިފައިވާ ޓެންޓެއް / އަލްޖަޒީރާ

ފިނި މޫސުމުގެ ސަބަބުން ޣައްޒާއަށް ހިޔާވަހިކަމާއި އިންސާނީ އެހީއަށް ބޭނުންވެފައި

Hussain Nawaf
ހުސައިން ނަވާފް
Feb 12, 2025, 12:17 AM
ޣައްޒާ

ފިނި މޫސުމުގެ ސަބަބުން ޣައްޒާއަށް ހިޔާވަހިކަމާއި އިންސާނީ އެހީއަށް ބޭނުންވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މޫސުން ގޯސްވުމާއި، ބޯހިޔާވަހިކަން ނެތުމާއި، ސަހްޔޫނީން އިންސާނީ އެހީތައް ހުއްޓުވުމަށް ކުރިއަށްދާ ބްލޮކޭޑް ގުޅިގެން، ގެދޮރު ގެއްލިފައިވާ ޣައްޒާގެ ލައްކައެއްހާ މީހުންގެ ދިރިއުޅުމުގެ ފެންވަރުދަނީ ދުވަހަކުން ދުވަހަށް ދަށަށްކަން ފާހަގަކުރެވެއެވެ.

ފިނި މޫސުމާއި، ހުއްޓާ ނުލާ ވާރޭ ވެހުމާއި، ގަދަ ވައިރޯޅިތަކުގެ ސަބަބުން ވަގުތީ ހިޔާތަކުގައި ދިރި އުޅެވެނީ ކިރިޔާއެވެ.

ސަހްޔޫނީންގެ ބްލޮކޭޑްގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ދަތިވެ ގިނަ ބަޔަކަށް ކާނާ އާއި ބޭސް ފަދަ އެންމެ އަސާސީ ތަކެތިވަނީ ނުލިބިފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކަށް އަމަލު ނުކުރާނަމަ، ފުރަތަމަ ހޮނިހިރު ދުވަހު އިސްރާއީލުގެ އިތުރު ގައިދީން ދޫކޮށްލުން ފަސްކުރާނެ ކަމަށް ހޯމަ ދުވަހު ހަމާސްއިން ފާހަގަކުރި މުހިންމު ގަވާއިދުތަކަކާއި ހިލާފުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ސަހްޔޫނީ ބްލޮކޭޑްގެ ސަބަބުން އެއްގޮތަކަށް ވެސް އިންސާނީ އެހީ ނުލިބުމުން ޣައްޒާގެ އިންސާނީ ހާލަތު ގޯސްވަމުންދާ ގޮތާ މެދު ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކާއި އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔޫއެންއެއިޑް ކޯޑިނޭޝަން އޮފީހުން ދާދި ފަހުން ނެރުނު އަޕްޑޭޓެއްގައި ބުނެފައި ވަނީ ގާތްގަނޑަކަށް އެއް މިލިއަން ފަލަސްތީނުގެ މީހުން ދިރިއުޅެނީ ފެންވަރު ދަށް ޓެންޓްތަކުގައި ނުވަތަ ވަގުތީ ހިޔާތަކުގައި ކަމަށާއި އާއިލާތަކުންދަނީ ހަނޑޫ ބަސްތާތައް ޓެންޓުތައް ވަރުގަދަ ކުރުމަށްޓަކައި ޖަހަމުންކަންވަނީ ފާހަގަކޮށްފައެވެ.

ބާރު ވައިރޯޅިތަކުގެ ސަބަބުން ވަގުތީ ޓެންޓްތައް ފަޅައިގެން ގޮސްފައިވާއިރު، ބޯކޮށް ވާރޭވެހި މުޅި ހިޔާ ކޭމްޕްތައް ފެންބޮޑުވެ، ގިނަ ބަޔަކު ދިރިއުޅެނީ ވަރަށް ދަތު އުނދަގުލުގައެވެ.

ޣައްޒާގެ ރައްޔިތުން
ޣައްޒާގެ ރައްޔިތުން
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved