ރާއްޖެ އެތެރެކޮށް ބޭނުންކުރާ ޕެންޓޮޕް 40 އިންޖެކްޝަން-- / ސޯޝަލް މީޑިއާ
ހަބަރު
ގޭހަށް ދޭ އިންޖެކްޝަނެއްގައި މައްސަލަތަކެއް، ވިއްކުން އަދި ބޭނުން ކުރުން މަނާ ކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 މާރިޗު 2025
މާލެ ސިޓީ

ރާއްޖެ އެތެރެކޮށް ބޭނުންކުރާ "ޕެންޓޮޕް 40އިންޖެކްޝަން" ގައި ކޮލިޓީގެ މައްސަލަ ފާހަގަ ކުރެވިފައިވާތީ، އެ ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ބެޗް ނަންބަރު EMPH243030 "ޕެންޓޮޕް 40" އިންޖެކްޝަނުގައި ކޮލެޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، މައްސަލަ ހުރި ބެޗުގެ އިންޖެކްޝަން ރާއްޖެ އެތެރެކޮށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

ވީމާ އެއްވެސް ބޭސް ފިހާރައެއް އަދި ސިއްހީ ޚިދުމަތްދޭ ތަނެއްގައި މި އިންޖެކްޝަން ހުރިނަމަ، އެމްއެފްޑީއޭއާ ހިއްސާކޮށް، ބޭސް ނައްތާލުމުގެ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައި ވާނެކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved