March 10, 2026
Advertisement
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އައިސީސީގެ އަމުރަށް ހައްޔަރުކޮށްފި
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އައިސީސީގެ އަމުރަށް ހައްޔަރުކޮށްފި / ސޯޝަލް މީޑިއާ

ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 12, 2025, 03:37 AM
މާލެ ސިޓީ

ވެރިކަމުގެ ދުވަސްވަރު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކާ ގުޅިގެން ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފި އެވެ.

Advertisement

ޑުޓާޓޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޮންގްކޮންގުން އޭނާ އެނބުރި ގައުމަށް ވަޑައިގަންތަނުން މެނީލާ އެއާޕޯޓުންނެވެ. ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލް މެދުވެރިކޮށް އައިސީސީގެ ރިކުއެސްޓް ވަނީ ފޮނުވައިފަ އެވެ.

އޭނަ ހައްޔަރުކުރުމާ ގުޅިގެން ޑުޓާޓެގެ ވެރިކަމުގެ ދުވަސްވަރުގެ ތަރުޖަމާނު ސަލްވެޑޯ ޕަނެލޯ ވިދާޅުވީ ޑުއެޓާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އައިސީސީ އަށް އޭނައާ ދެކޮޅަށް އަމުރެއް ވެސް ނުރެވޭނެ ކަމަށާއި އެތަނުން 2019 ގައި ޕިލިޕީންސް އޮތީ ވަކިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑުޓާޓެ ޕިލިޕީންސްގެ ރައީސްކަން ކުރެއްވީ 2016-2022 އަށެވެ. އޭނާގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ބޮޑެތި އޮޕަރޭޝަންތަކެއް ވަނީ ހިންގާފަ އެވެ. މިއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދި ވަރަށް އިތުބާރާ އެކު ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަންތަކުގައި ދިން ހަމަލާތަކުގައި 7،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ފިލިޕީންސްގެ ސަރުކާރުން ލަފާކުރެ އެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަނީ އެ އަދަދު އެއަށްވުރެ އެތައް ހާހެއް އިތުރުވާނެ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު)އިން ނެރުނު ބަޔާނެއްގައި ވަނީ ޑުޓާޓޭ ހައްޔަރު ކުރުމަކީ ޖަވާބުދާރީވުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސިފަކޮށްފަ އެވެ.

ޑުޓާޓޭ އާންމު އެއްވުންތަކުގައި ދައްކަވާފައި ހުރި ވާހަކަތަކުން ވެސް އޭނާގެ ސަރުކާރުން މީހުން މަރާފައިވާކަން ދޭހަވެ އެވެ. އާންމު އެއްވުމެއްގައި އޭނާ އެއްފަހަރަކު ދެއްކެވި ވާހަކަތަކެއް ވަރަށް ބޮޑަށް ހޫނުވެ އެ ވާހަކަަކުގެ ހަގީގަތް ތަހުގީގުކުރަން ވެސް އޮތީ ގޮވާލާފަ އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved