April 17, 2026
Advertisement
ފަލަސްތީނުގެ އާއިލާއެއް އިސްރާއީލުން ސުންނާފަތި ކޮށްލާފައިވާ ތަނެއްގައި --
ފަލަސްތީނުގެ އާއިލާއެއް އިސްރާއީލުން ސުންނާފަތި ކޮށްލާފައިވާ ތަނެއްގައި -- / ރޮއިޓަރސް

ޣައްޒާގެ ރައްޔިތުން އެފްރިކާގެ ޤައުމުތަކަށް ބަދަލުކުރުމަށް އެމެރިކާ އާއި ސަހްޔޫނީން މަސައްކަތް ފަށައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 14, 2025, 08:40 PM

ޣައްޒާގެ ރައްޔިތުން އިރުމަތީ އެފްރިކާގެ ޤައުމުތަކަށް ބަދަލުކުރުމަށް އެމެރިކާ އާއި ސަހްޔޫނީން މަސައްކަތް ފަށައިފިއެވެ.

Advertisement

މިގޮތުން ސޫދާން، ސޯމާލިއާ އަދި ސޯމާލިލޭންޑްގެ އިސްވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމެރިކާ އަދި ސަހްޔޫނީންގެ އިސް އޮފިޝަލުން މަޢުލޫމާތު ދީފައިވެއެވެ. މި ހުށަހެޅުން ހުށަހެޅުމާއިއެކު ބައިނަލްއަޤްވާމީ ގޮތުން ފާޑުކިޔުން އަމާޒުވިކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެމެރިކާގެ މި ހުށަހެޅުން ބަލައިނުގަންނަ ކަމަށް ސޫދާންގެ އޮފިޝަލުން ބުނެފައިވެއެވެ. އަދި ސޯމާލިއާ އަދި ސޯމާލިލޭންޑްގެ އޮފިޝަލުން ބުނެފައިވަނީ މިފަދަ މަޝްވަރާތަކެއް ކުރެވިފައިވާކަން އެފަރާތްތަކަށް ނޭނގޭ ކަމަށެވެ.

ޓްރަމްޕްގެ ޕްލޭންގެ ދަށުން، ޣައްޒާގައި ދިރިއުޅޭ 2 މިލިއަނަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ދާއިމީކޮށް އެހެން ތަނަކަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި އެމެރިކާއިން ޣައްޒާގެ ސަރަޙައްދު ހިފައި ސާފުކުރުމުގެ މަސައްކަތްތަކެއް ކުރުމަށްފަހު، ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މި ޕްލޭނަށް ތާއީދުކޮށް އެއީ ވިޝަނަރީ ޕްލޭނެއްކަމަށް އޭނާ ސިފަކޮށްފައިވެއެވެ.

ނަމަވެސް ޣައްޒާގެ ރައްޔިތުންނާއި އެހެނިހެން އަރަބި ޤައުމުތަކުން މި ހުށަހެޅުމާ ދެކޮޅު ހަދާފައިވެއެވެ. އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ބުނެފައިވަނީ މިއީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved