April 16, 2026
Advertisement
ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފަ--
ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފަ-- / އޭއެފްޕީ

ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Mar 15, 2025, 09:14 PM

ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެއްޖެއެވެ.

Advertisement

މީގެ ތެރޭގައި ހިމެނެނީ ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުވި ހަތަރު މީހަކާ ސަހްޔޫނީ ނޭވީ ކަނޑުމަތީގައި ޝަހީދުކޮށްލި މީހެކެވެ.

މީގެ އިތުރުން ޣައްޒާގެ ދެކުނުގެ ރަފަހުގައި ވެސް ޓޭންކާއި ބަޑިޖެހުމުގެ ކަންކަން ކުރިއަށް ގެންދާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ހަމަލާތައް މެދު ކެނޑުމެއް ނެތި އަލުން ދޭން ފަށާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު ހަމާސް އާއި އެމެރިކާ އާއި ސަހްޔޫނީންނާއި ދެމެދު މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ސަހްޔޫނީން ޣައްޒާއަށް ހަމާސްއާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ސަހްޔޫނީން ޣައްޒާއަށް ދިން ހަމަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޖެނުއަރީ މަހު ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ފެށުނު ފަހުން ސަހްޔޫނީން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 98 މީހަކު ވަނީ ޝަހީދުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved