April 16, 2026
Advertisement
ގާޒާ
ގާޒާ / އޭއެފްޕީ

އަނެއްކާވެސް ސަހްޔޫނީންގެ އަސްކަރިއްޔާއިން ބޮން ގޮއްވުމުގެ ކެމްޕޭނެއް ގައްޒާގައި ކުރިއަށް ގެންގޮސްފި

Hussain Nawaf
ހުސައިން ނަވާފް
Mar 20, 2025, 05:29 PM

ސަހްޔޫނީން ޣައްޒާއަށް ދިން ސިލްސިލާ ވައިގެ ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލިތާ ދުވަހެއް ފަހުން އަނެއްކާވެސް ސަހްޔޫނީންގެ އަސްކަރިއްޔާއިން ބޮން ގޮއްވުމުގެ ކެމްޕޭނެއް ގައްޒާގައި ކުރިއަށް ގެންގޮސް އެ ސަރަހައްދަށް ހަމަލާއެއް ދީފިއެވެ.

Advertisement

އަލްޖަޒީރާއިން ބުނާ ގޮތުގައި ދެ ދުވަހުގެ މުއްދަތުގައި މަރުވި މީހުންގެ އަދަދު ވަނީ 500 އާ ގާތްވެފައެވެ.

ޣައްޒާގައި އާ ބޮޑު އަސްކަރީ ހަމަލާއެއް ފެށުމާއެކު މިހާތަނަށް އެމެރިކާއިން ޔަމަނަށް ދިން އެންމެ ބޮޑު ހަމަލާތަކާއި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އިންޒާރުތައް ޓްރަމްޕްގެ ވެރިކަމުގައި އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

ޣައްޒާގެ 18 މަސްދުވަހުގެ ނަސްލު ނައްތާލުމުގެ ސަބަބުން ރަސްމީކޮށް 61،700 މީހުން ޝަހީދުވި ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވާއިރު، މުޅި ސަރަހައްދު ވަނީ ބިމާއި ހަމަހަމަވެފައެވެ.

ސަހްޔޫނީންގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވިދާޅުވީ އަންގާރަ ދުވަހާއި ބުދަ ދުވަހު ދިން ވައިގެ ހަމަލާތަކަކީ ފެށުމެއް ކަމަށާއި ޣައްޒާ ފުނޑު ފުނޑުކޮށްލާނެކަމަށް ބުނެފައިވެއެވެ.

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން އެނބުރި އެމީހުންގެ ގެދޮރާއި އަވަށްތަކަށް އެނބުރި އައިސް މިހާރު ގަދަކަމުން ގެދޮރު ދޫކޮށްލުމަށް މަޖުބޫރު ކުރަމުންދާކަމަށް މަސްދަރުތަކުން ރިޕޯޓު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved