ހުޅުމާލޭގައި ހުންނަ ޢަޒީޒާ މޫސާ މިސްކިތް / އަދަދު
ހަބަރު
ހުޅުމާލެ މިސްކިތެއްގައި އީދު ނަމާދަށް އިމާމުން ނުދިއުމުން ސަސްޕެންޑް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 މާރިޗު 2025
މާލެ ސިޓީ

ހުޅުމާލޭގެ އަޒީޒާގެ މިސްކިތުގެ އިމާމާއި ބަދަލުގައި ހަަމަޖައްސާފައިވާ މީހާ ސަސްޕެންޑްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިޔުމުން އެ ދެ މީހުން ސަސްޕެންޑުކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. މިނިސްޓްރީން އެ ދެ މީހުންނަށް އެކަން ވަނީ އަންގާފަ އެވެ.

އެ މިސްކިތުގައި ބަދަލުގައި އިމާމުވެ އީދު ނަމާދުކުރަން ހަމަޖައްސާފައިވަނީ މިސްކިތުގެ އަސްލު އިމާމެވެ. އޭނާގެ މައްސަލަ ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިންވެސް ސަސްޕެންޑުކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އަޒީޒާ މިސްތުގައި އީދު ނަމާދު ކުރާނެ މީހަކު ނުވުމުން އެކަމާ ހަވާލުވީ، ބިދޭސީ މީހެއްކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުން އެނގެ އެވެ. އަދި ނަމާދަށް ފަހު އޭނާ ހުތުބާ ކިޔާފައިވަނީ އަރަބި ބަހުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved