ރޭ ސިނަމާލޭ ބްރިޖުމަތީ އެކްސިޑެންޓްވި މީހާއަށް ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރ އަލީ އިހުސާން އެހީތެރިވި ފަދައިން ވާާނުވާ ބަންދުގައި ތިބޭ ފަރާތްތަކަށް ވެސް އެފަދައިން ކަންތައް ކޮށްދެއްވިއްޔާ އިހުސާން ވަރުގެ މިނިސްޓަރެއް ނުހުންނާނެކަމަށް ބުނެފިއެވެ.
މީސްމީޑީއާގައި ގިނަ ބަޔަކު އަންނަނީ ރޭ ހިނގާދިޔަ އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް މިނިސްޓަރ އިހުސާން އެހީތެރިވުމުން ތައުރީފުކުރައްވަމުންނެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ބުރިޖު މަތިން ޖެހި، އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު ރޭ 18:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ދެ މީހުންގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ގެއްލުންވި ކަމަށާއި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ވާނުވާ ބަންދު އުވާލާނެ ކަމަށާ ވާނުވާ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް ވައުދުވެ ވެރިކަމަށް އައި ފަރާތުން އެކަން ނިމުމަކަށް ނުގެންނާތީ ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒު އަދި މިނިސްޓަރ އިހުސާނަށް ފާޑު ކިޔަމުންނެވެ.