March 12, 2026
Advertisement
ކާށިދޫގައި އިންޖީނުގެ އިމާރާތްކުރަނީ މާލޭގައި ހުރި ގުދަނެއް ރުޅާލައިގެން ގެންދިޔަ ބައު ތަކެތިން!
ކާށިދޫގައި އިންޖީނުގެ އިމާރާތްކުރަނީ މާލޭގައި ހުރި ގުދަނެއް ރުޅާލައިގެން ގެންދިޔަ ބައު ތަކެތިން! / ތޭރަގްރެފިކްސް

ކާށިދޫގައި އިންޖީނުގެ އިމާރާތްކުރަނީ މާލޭގައި ހުރި ގުދަނެއް ރުޅާލައިގެން ގެންދިޔަ ބައު ތަކެތިން!

Dec 2, 2025, 10:53 PM
މާލެ ސިޓީ

ކ. ކާށިދޫގައި މިސަރުކާރުން ގާއިމުކުރާ އައި އިންޖީނުގެ އިމާރާތްކުރަނީ މާލޭގައި ހުރި ގުދަނެއް ރުޅާލައިގެން ގެންދިޔަ ބައު ތަކެތިން ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ޚިދުމަތް ދިނުމުގައާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައިވެސް ތަފާތުކުރުން މި ސަރުކާރުން ގެންގުޅޭކަމުގެ ޝަކުވާއާ އެކު ކާސިދޫ ރައްޔިތުންގެ ފަރާތުން ވަނީ ޗެނަލް13އަށް މި މައުލޫމާތު ހިއްސާކޮށްފައެވެ.

އެ ރައްޔިތުން ހާމަކޮށްފައިވާ ގޮތުގައި ކ. އަތޮޅު ދިއްފުށީގައި އިންޖީނުގެ އިމާރާތްކުރީ މުޅިންވެސ ްއައު ސާމާނު ގެންގޮސްކަމުގައި ވީނަމަވެސް ކާށިދޫގައި އިމާރާތްކުރަން ނިންމާފައިވާ އިންޖީނުގެ އިމާރާތްކުރުމަށް ގެންގޮސްފައިވަނީ މާލޭގައި ހުރި ގުދަނެއް ރޫޅާލާ، ބައު ސާމާނެވެ.

އިންޖީނުގެ އިމާރާތްކުރުމަށް ގެންގޮސްފައިވާ ބައު ޓިނުތަކެއް
އިންޖީނުގެ އިމާރާތްކުރުމަށް ގެންގޮސްފައިވާ ބައު ޓިނުތަކެއް

ކާށިދޫ ރައްޔިތުން މައުލުމާޓު ދިން ގޮތުގައި، ބައު ތަކެތި ފޮނުވާ މި އަންނަ ހަފްތާގައި އިންޖީނު އިމާރާތްކުރުމުގެ މަސައްކަތުގެ ތައްޔާރީތައް ވަމުންދާއިރު، ރަށުގެ ރައްޔިތުންނާ ތަނުގެ މުވައްޒަފުންވެސް ތިބީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.

އެގޮތުން ބައު ތަކެތި ފޮނުވައިގެން އައު އިންޖީނުގެއަށް އަޅާ ސަރުކާރުން ބޮޑު މަންޒަރު ދައްކަން އުޅުނު ނަމަވެސް އެކަމުން ދައްކުވައިދެނީ ކުންފުނީގެ ނާގާބިލުކަމާ ސަރުކާރު އޮތް ދަށް ހާލަތެވެ. އަދި މިފަދަ ކަންކަމަކީ ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާގެ ގޮތުގައިވެސް ކާށިދޫ ރައްޔިތުން ވަނީ ސިފަކޮށްފައެވެ.

އިންޖީނުގ އަޅަން ފޮނުވާފައި ހުރި ބައެއް ސާމާނުގެ
އިންޖީނުގ އަޅަން ފޮނުވާފައި ހުރި ބައެއް ސާމާނުގެ

މިކަމާ ގުޅިގެން ސްޓެލްކޯގެ މީީޑިޔާއިން ބުނީ އިންޖީނުގެ އަޅަން ބައު ތަކެތި ބޭނުން ކުރާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށާ ފަހަރުގައި އެއީ މަސައްކަތް ކުރާ ސައިޓަށް ބޭނުންކުރަން ފޮނުވާފައި ހުރި ތަކެތި ކަމަށްވެދާނެ ކަމަށެވެ.

ސްޓެލްކޯގެ ހިންގުން ދޯދިޔާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާތާ އެތަކެއް ދުވަސްފަހުން ދާދި ފަހުން އެ ކުންފުނީގެ އެމްޑީއަކަށް، މިފްކޯގެ އެމްޑީއަކަށް ހުރެ ކޮރަޕްޝަން ހިންގައިގެން މަގާމު ދަށްކޮށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކޮށްފައި ހުރި، ރައީސް މުހައްމަދު މުއިއްޒުގެ ގާތް އެކުވެރިޔާ ސަމާހު އައްޔަންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved