March 12, 2026
Advertisement
މަހުލޫފަކީ ބޯވަ ދިލަ މަހެއްހެން ދުވާ މީހެއްގެ ގޮތުގައި އައްބާސް ސިފަކުރައްވައިފި
މަހުލޫފަކީ ބޯވަ ދިލަ މަހެއްހެން ދުވާ މީހެއްގެ ގޮތުގައި އައްބާސް ސިފަކުރައްވައިފި / ސޯޝަލް މީޑިއާ

މަހުލޫފަކީ ބޯވަ ދިލަ މަހެއްހެން ދުވާ މީހެއްގެ ގޮތުގައި އައްބާސް ސިފަކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 4, 2025, 12:08 AM
މާލެ ސިޓީ

ބޯވަދިލަ މަހެއްހެން ދުވާ މީހުން، ދުނިޔޭގައި ގައުމު ތަމްސީލުކުރަން ތިބުމަކީ އޭނާއަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

ދާދި ފަހުން ޕީއެންސީއަށް ސޮއިކުރި، ކުރިން ޑީއާރުޕީއާ އެމްޑީޕީ އަދި ޕީޕީއެމްއަށް ސޮއިކުރި އަހުމަދު މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދިނުމާމެދު މަޖިލީހުގައި ކުރި ބަހުސްގައި އައްބާސް ވިދާޅުވީ، މަހުލޫފް ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު އޭނާ ސަފީރު ކަމަށް އައްޔަންކޮށް، އިނާޔަތްތައް ދީ، އަނބިދަރިންނާއި އާއިލާ ދިރިއުޅެން އެއްވެސް މަސައްކަތެއް ނުކޮށް އުޅެން ދޫކޮށްލުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ރަގަޅު ގޮތް ނޫން ކަމަށެވެ. ރަގަޅު ގޮތަކީ ކިޔަވައިގެން މުޖުތަމައަށް ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.

އެއް ޕާޓީން އަނެއް ޕާޓީން އޮއިވަރެއްހެން ދެމެމުންދާ ސިޔާސީ ގޮތުން މުސްކުޅި ބޭފުޅުންނަށް ބަރޯސާވުމުގެ ސަގާފަތް ނިންމަންޖެހޭ ކަމަށް ވިދާޅުވެ އައްބާސް ވަނީ މަޖާޒީ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ބޯވަދިލަ މަހެއްހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ މަލަމައްޗަށް މޫނުމައްޗަށް ރާއްޖެ ރެޕްރެޒެންޓްކުރަން ބޭތިއްބުމަކީ އެއް ގޮތަކަށްވެސް ސިކުނޑި ގަބޫލުކުރާ ކަމެއްނޫންކަމަށް އައްބާސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމާ ދެކޮޅަށް ގަދައަށް މަސައްކަތް ކުރެއްވި މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އޭނާއަށް ރުހުން ދިނުމަށް ޕީއެންސީގެ މެޖޯރިޓީ ފާސްކޮށްފައިވަނީ މިއަދުއެވެ. މިއަދުގެ ޖަލްސާގައި ފާސްކޮށް، މަހުލޫފަށް ރުހުން ދޭން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved