theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީންއޭ ކިޔާ އަނގަފުޅާ ކުރިވަރަކަށް ބޭލޭނީ ފަލާހުމެންގެ ސޯޓު: ރައީސް ޔާމީން / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް ޔާމީންއޭ ކިޔާ އަނގަފުޅާ ކުރިވަރަކަށް ބޭލޭނީ ފަލާހުމެންގެ ސޯޓު: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
27 ނޮވެމްބަރު 2025
މާލެ ސިޓީ

އެމަނިކުފާނުގެ އަގު ވައްޓާލާ ނަން ކިލަނބު ކުރުމުގެ ނިޔަތުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުމެން ދޮގު ވާހަކަ ފެތުރި ވަރަކަށް ޕީއެންސީ ވާނީ ބަރަހަނާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދައުލަތުން މަހަކު 175،000ރ ދިނުން ހުއްޓާލުމާއި އެ ބޭފުޅުންގެ އިނާޔަތްތައް ކުޑަކުރުމާއި އެ ނޫން ވެސް ބައެއް ބަދަލުތައް ގާނޫނަށް ގެންނަން ސަރުކަރުން ހުށަހެޅި ބިލުގެ ބަހުސްގައި ފަލާހު ރައީސް ޔާމީނަށް ނިސްބަތްކޮށް އެތައް ވާހަކައެއް ދެއްކުމުން އެކަމަށް ރައްދު ދެއްވާއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ ބިލަށް މަޖިލީހުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށާއި އެއީ ގައުމަށް ވަރަށް ބޮޑު ހިދުމަތެއް ކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އޭނާ ތުހުމަތު ކުރެއްވީ ބައެއް ރައީސުން ވެރިކަން ކުރެއްވި އިރު ދައުލަތުގެ ހަޒާނާ އިން ވަރަށް ގިނަ އަދަދެއްގެ "ފައިސާ ނަންގަވައިގެން" ވަރަށް ބޮޑެތި ގެތައް އަޅުއްވާފައި އެބަހުރި ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީންގެ ގެކޮޅުގައި "ސިޔާސީ" މަސައްކަތްތައް ކުރައްވާ ނަމަ އެ ކަން އެމަނިކުފާނު ކުރައްވަނީ ދައުލަތުން "ފައިސާ ލިބިގެން"ނެވެ. އަދި އެއީ "ނުހައްގު" ފައިސާގެ އިމާރާތެއް ކަމުގެ ތުހުމަތު ވެސް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ފަލާހު އެޅުވިއެވެ.

ފަލާހު ވިދާޅުވީ ރާއްޖޭގައި ތިއްބެވީ ކުރީގެ ފަސް ރައީސުން ކަމަށް ވުމުން ވަކި ބޭފުޅެއްގެ ނަން އޭނާގެ ވާހަކައިގައި ނުގެނައި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން "މި ވަރަށް ދެންނެވީމާ އެނގޭނެ" ކަަމަށެވެ.

ފަލާހުގެ މި ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ، ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ރައްޔިތުން ބަލަމުންދާ ޖަލްސާއެއް ކަމަށާ އެހެންކަމުން ފަލާހު އޮޅުވާލަން ކުރި މަސައްކަތް ރައްޔިތުންނަށް ހާމަކޮށްދޭން ޕީއެންއެފްގެ ޖަލްސާއަށް ވުރެ މުނާސަބަ އިވެންޓެއް ނޯންނާނެ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ރައީސްކަން ކުރައްވާ ވަކިވަޑައިގެންނެވި ފަހުން ހަތް އަހަރުގެ ދިގު މުއްދަތެއް ފަހަނަ އަޅާ ގޮސްފައިވާއިރު އެއިން އެންމެ ދުވަހެއްގައިވެސް ދައުލަތުގެ ބަޖެޓުން އެމަނިކުފާނުގެ އޮފީސް ހިންގަންވެސް އަދި އާއިލާއަށާ އަމިއްލަފުޅު ބޭސްފަރުވާއަށްވެސް ލޯލާރިއެއްވެސް ހޭދަކުރައްވާ ބިލެއް ވެސް ފޮނުވާފައި ނުވާނެ ކަމަށެވެ.

އެހެންކަމުން ފަލާހުމެން ހިތުން އެމަނިކުފާނަށް ޖެއްސުމަށް، ކުރީގެ ރައީސުންގެ އިނާޔަތްތައް އުނިކުރަން ނިންމި ނަމަވެސް އެމަނިިކުފާނަށް އެކަމުން ލިބޭނެ ގެއްލުމެއް އަދި ވާނެ ދެރައެއް ނޯންނާނެ ކަމަށެެވެ. އަދި ހަމައެހެންމ އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ނިޔަތުގައި ދޮގު ފަތުރަން ކުރާ ކޮންމެ މަސައްކަތަކާ އެކު ބަރަހާނާވާނީ ފަލާހުމެންގެ ފަތިފުށާ ސަރުކާރު ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސުންގެ އިނާޔަތް އުނިކުރުމުން ގެއްލުން ފަހުން ވާނީ ވެސް ފަލާހުމެންގެ ރައީސަށް ކަމަށެވެ.

ރައީސް ކަމުން ވަކިވިތާ ހަތް އަހަރުވީއިރު ސަރުކާރުގެ ބަޖެޓުން ލޯ ލާރިއެއްވެސް ނޯންނާނެ ނަގާފައި އޮފީސް ހިންގަން. ރައީސްކަމުން ވަކިވިތާ ހަތް އަހަރުވީއިރު އަޅުގަޑެއް އަޅުގަޑުގެ އަނބިމީހާއެއް ނޯންނާނެ ޑޮކްޓަރަށް ދައްކާ އެންމެ ބިލެއްވެސް ދައުލަތަށް ފޮނުވާފައި. އިނާޔާތްތައް އުނި ކުރިޔަސް އަޅުގަޑަށް ވާނެ ގެއްލުމެއް ނޯންނާނެ، ގެއްލުން ވަންޏާ ވާނީ ފަލާހުމެންގެ ރައީސަށް ފަހުން. ރައީސް ޔާމީންއޭ ކިޔާ އަނގަފުޅާ ކުރިވަރަކަށް ބޭލޭނީ ފަލާހުމެންގެ ސޯޓު

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވަދޭން ރައީސް މުއިއްޒު ނެރޭނެ އިލްމީ ބަޔަކު ނުތިބޭނެ ކަމަށާ ރެން ޖެހޭނީ ފަލާހުމެން ކަހަލަ ކައްޓަލައިން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved