April 16, 2026
Advertisement
ގާޒާގެ ތުއްފާހްގައި ހުންނަ ސްކޫލަކަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ބައެއްކުދިންނަށް އަވަސް ފަރުވާ ދެނީ. --
ގާޒާގެ ތުއްފާހްގައި ހުންނަ ސްކޫލަކަށް މިއަދު ދިން ހަމަލާގައި ޒަހަމްވި ބައެއްކުދިންނަށް އަވަސް ފަރުވާ ދެނީ. -- / އޭއެފްޕީ

ސަހްޔޫނީން ގާޒާ ސްކޫލަކަށް ހަމަލާދީ 31 މީހަކު ޝަހީދުކޮށްލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 4, 2025, 05:30 PM
މާލެ ސިޓީ

ގާޒާގެ މުސްލިމުންނާ ދެކޮޅަށް ސަހްޔޫނީންގެ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގެ ދަށުން، އެ ސަހަރުގެ ތިން ސުކޫލަކަަށް ނިރުބަވެރި ހަމަލާތަކެއްދީ، 33 މީހުން ޝަހީދު ކޮށްލައިފި އެވެ.

Advertisement

މި ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސް އެޖެންސީން ތަރުޖަމާނު މަހްމޫދު ބައްސާލް ވަނީ ވިދާޅުވެފަ އެވެ. ސުކޫލަކަަށް ދިން ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 18 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ބައްސާލް ވިދާޅުވި އެވެ.

ގާޒާގެ ސިއްހީ ހިދުމަތްތެރިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާޒާއަށް ދީފައިވާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 112އަށް އުފުލިފައިވާ ކަމުގަ އެވެ.

އޮކްޓޫބަރު 7، 2023 ގައި ސަހްޔޫނީން ގާޒާއަށް ދޭން ފެށި ހަމަލާތަކަށް ފަހު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ރައްކާތެރިކަން ހޯދަން ސްކޫލްތަކާއި އެފަދަ އެހެން ފެސިލިޓީތަކުގައި ހިމާޔަތް ހޯދައިފަ އެވެ.

ސަހްޔޫނީން ސިފައިން ބުނީ ސްކޫލަށް އަމާޒުވި ހަމަލާއަކީ "ކޮމާންޑު ސެންޓަރަށް" ދިން ހަމަލާކަން ކަށަވަރުނުކުރެވޭ ކަމަށެވެ. ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން އެނބުރި އެމީހުންގެ ގެދޮރާއި އަވަށްތަކަށް އެނބުރި އައިސް މިހާރު ގަދަކަމުން ގެދޮރު ދޫކޮށްލުމަށް މަޖުބޫރު ކުރަމުންދާކަމަށް މަސްދަރުތަކުން ރިޕޯޓު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved