

ސަހްޔޫނީން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 60 މީހަކު ޝަހީދުވެ، 162 މީހަކު ޒަޚަމްވެއްޖެއެވެ.
ގާޒާގައި މިވަގުތު ސަހްޔޫނީން ހިނގާ އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަހްޔޫނީ އިސްތިއުމާރީ ބާރުން ފަލަސްތީނުގެ 60 މީހަކު ޝަހީދުކޮށްލާ 162 މީހަކު ޒަޚަމްވިކަން އެކި މަސްދަރުތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.
ހަމަ އެ މަސްދަރުތަކުން ބުނާ ގޮތުގައި ސަހްޔޫނީންގެ އިސްތިއުމާރީ ބާރުތަކުން އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫތަކުގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު ތާށިވެފައިވާ ނުވަތަ ޝަހީދުވެފައިވާ މީހުންނާ ހަމައަށް އެމަޖެންސީ ޚިދުމަތްތަކަށް ހުރަސް އަޅަމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 50،669 އަށް އަރާފައިވާ ކަމަށާއި އިތުރު 115،225 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލާ ސަހްޔޫނީން އަލުން އަސްކަރީ އޮޕަރޭޝަންތައް ފަލަސްތީނުގެ އެކި ކަންކޮޅުގައި ފެށި ފަހުން ކޮންމެ ދުވަހަކު 100 ކުދިން ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވާކަން ފާހަގަ ކުރެވެއެވެ.
ގިނަ އަދަދެއްގެ ކުޑަ ކުދިން ޒަޚަމްވެ، ޔަތީމުވެ، އެތައް ހާސް ކުދިންގެ އަތްފައި ގެއްލި، ބޮޑެތި ޓްރޯމާތަކެއް ލިބެމުން ދާ އިރު ހަނގުރާމައިގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ކުޑަ ކުދީންނަށެވެ.