ގާޒާ / ރޮއިޓަރސް
ދުނިޔެ
ސަހްޔޫނީންގެ ދެ މިސައިލް ޣައްޒާގެ މައި ހޮސްޕިޓަލެއްގައި ޖެހިއްޖެ
Hussain Nawaf
ހުސައިން ނަވާފް
13 އޭޕްރީލު 2025

ސަހްޔޫނީންގެ ދެ މިސައިލް ޣައްޒާގެ މައި ހޮސްޕިޓަލެއްގެ ތެރޭގައި ހުރި އިމާރާތަކަށް ޖެހި، އެމަޖެންސީ އެންޑް ރިސެޕްޝަން ޑިޕާޓްމަންޓް ހަލާކުވެ، އެހެން ތަންތަނަށް ގެއްލުން ލިބިފައިވާ މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

އަލްއަހުލީ އަރަބް ބޭޕްޓިސްޓް ހޮސްޕިޓަލުގެ ސިއްހީ އޮފިޝަލުން ވަނީ އެ އިމާރާތުން ބަލިމީހުން ނެރެފައި ވަނީ ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން ސަހްޔޫނީންގެ ސެކިއުރިޓީ ކަމަށް ބުނާ މީހަކު ގުޅާފައިވާ ކަމަށް ބުނެ އެވެ.

އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސިވިލް އިމަޖެންސީ ސާވިސް އިން ބުނެއެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ހަނގުރާމަވެރިން ހަމަލާތައް ރޭވުމަށް ބޭނުންކުރާ ކޮމްޕައުންޑަށް ހަމަލާދިނުމުގެ ކުރިން އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެންގްލިކަން ޗާޗުގެ މުއައްސަސާއެއް ކަމަށްވާ އެ ހޮސްޕިޓަލަކީ ޣައްޒާ ސިޓީގެ ބޮޑު މެޑިކަލް ފެސިލިޓީއެއް ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.


ސަހްޔޫނީން ވަނީ މާޗް މަހުގެ 18 ވަނަ ދުވަހު ޣައްޒާގެ ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމުން ހަމާސްއާ އެކު ދެ މަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ނިންމާލާފައެވެ.

މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

ސަހްޔޫނީން އެ އެންކްލޭވްއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ނަސްލު ނައްތާލުމުގެ މައްސަލައެއްވެސް އޮތްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved