

ސިއްހީ ދާއިރާގައި ރަސްމީ ގަޑީގެ ބޭރުން ކުރާ އިތުރު ގަޑީގެ އުޖޫރަ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކު ކެޕްކޮށްފައި އޮތުމުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އެމްއެޗްޕީޔޫން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެޗްޕީޔޫންވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރިފައެވެ.
އެ ބަޔާނުގައި ހެލްތު މިނިސްޓްރީ އަދި މާލޭ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު އިތުރުގަޑީގެ އެލަވަންސްގެ ގޮތުގައި ދެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވާތީ، މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި ލިބެން ޖެހޭ ހަމަ އުޖޫރަ ލިބެމުން ނުދާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިނިސްޓްރީ އޮފް ހެލްތާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ޞިއްޙީ މަސައްކަތްތެރިން ލައްވާ ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ހަމައަށް ނުދޭ މައްސަލައިގެ ކަންބޮޑުވުން ތަކުރާރުކުރުން#StopWageTheft #PayOvertime @MoHmv @MoosaZameer… pic.twitter.com/vfNb4Zsyc7
— Maldives Health Professionals Union (MHPU) (@MaldivesHPU) April 19, 2025
ސަރުކާރު ބަންދު ދުވަސްތަކުގައި މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާނަމަަ ދޭން ޖެހޭ އެލަވަންސްވެސް ވަނީ ގޮވާލާފަ އެވެ.
އަދި ސިއްހީ މުވައްޒަފުން ލައްވައި ރަސްމީ ގަޑީގެ ބޭރުން މަޖުބޫރުން މަސައްކަތް ކުރުވުން ނިމުމަކަށް ގެނައުމަށާއި އިތުރު ގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 އިންސައްތައިގެ ކެޕް އުވާލުމަށްވެސް ގޮވާލާފައިވެއެވެ.
ރަސްމީ ގަޑީގެ އިތުރުން މަސައްކަތް ކުރާ ހުރިހާ ވަގުތަކަށް އެލަވަންސް ދޭން ޖެހޭ ކަމަށާއި އެހެންކަމުން މި އެލަވަންސް އެންމެ ފުރިހަމައަށް ދޭން ވީހާވެސް އަވަހަކަށް ފެށުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން 1 މޭ 2023 އިން ފެށިގެން މިހާތަނަށް މިގޮތަށް ނުދީ ހިފަހައްޓާފައިވާ އިތުރު ގަޑީގެ ހުރިހާ ފައިސާއެއްވެސް މުވައްޒަފުންނަށް ދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.