March 17, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ޚަރަދު ކުޑަކުރާނެކަމަށް ބުނެ އައި ސަރުކާރުން ރިކަރަންޓް ޚަރަދަށް ކުރި ހޭދަ އިތުރު

Hussain Nawaf
ހުސައިން ނަވާފް
May 7, 2025, 11:54 PM

ޚަރަދު ކުޑަކުރާނެކަމަށް ބުނެ އައި ސަރުކާރުން ރިކަރަންޓް ޚަރަދަށް ކުރި ހޭދަ އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.

ހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 9.66 ބިލިއަން ރުފިޔާ އެވެ.

ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތަކަށް ކުރި މި ސަރުކާރުން ހަރަދެވެ.

އެގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 3.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މުސާރައާ އިނާޔަތްތަކަށް ހަރަދުކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާ އެވެ.

މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދުގެ ތަފުސީލަށް ބަލާއިރު  މުސާރަ ދިނުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.  މުވައްޒަފުންގެ އިނާޔަތްތަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ޕެންޝަނަށް 686.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.

މި ހިސާބުތަކަށް ބަލާއިރު މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރި ހަރަދު ފާއިތުވި އަހަރާ އަޅާބަލާއިރު 11.4 އިންސައްތަ އިތުރުވެފައިވެއެވެ. އެއީ ގާތްގަނޑަކަށް 161.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި ސަރުކާރުގެ ރިކަރަންޓު ޚަރަދު މިހާ ހިސާބަށް އައިއިރު ކުރި ސަރުކާރަށް ވުރެ އިތުރުވެފައިވާއިރު، މި ސަރުކާރަކީ ޚަރަދު ކުޑަކޮށް ހިންގާނެ ކަމަށް ވައުދުވެ އައި ރައީސްއަކު ހުންނެވި ސަރުކާރެކެވެ.

ނަމަވެސް މި ސަރުކާރުން ގެންދަނީ ސިޔާސީ އެކު ވަޒީފާތައް އުފައްދާ އަދި މީގެ އިތުރުން ކުންފުނިތަކުަގއިވެސް ސިޔާސީ ނުފޫޒުން އެކި މަގާމުތައް އުފައްދާ ވަޒީފާތައް ދެމުންކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved