
އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ، އިޒްރޭލާއި އެމެރިކާއަށް އަމާޒުކުރައްވައި ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
މި އިންޒާރާއެކު މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ބޮޑު ބިރުވެރިކަމެއް އުފެދިދާނެ ކަމަށް ބައިނަލްއަގުވާމީ ސިޔާސީ ދިރާސާކުރާ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.
މުޖުތަބާ ޚާމަނާއީ މި އިންޒާރު ދެއްވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މުޖުތަމައާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލައި، އެ މަޝްވަރާތައް ނިމުމަކަށް ގެނައުމަށް ނިންމެވިކަން ހާމަކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އަތުގައި ބެހެއްޓުމަކީ އީރާނުގެ މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ހައްގެއް ކަމަށާއި، މިއީ އެއްވެސް ފަރާތަކާއެކު އިތުރަށް މަޝްވަރާ ކުރެވޭނެ މައުޟޫއެއް ނޫން ކަމަށެވެ.
ޔަހޫދީ އިޒްރޭލަށް ވަރުގަދަ ރައްދެއް ދެއްވަމުން މުޖުތަބާ ޚާމަނާއީ ވިދާޅުވީ، އިޒްރޭލުން ވަނީ މީގެ ކުރިން މަޝްވަރާގެ މޭޒުގައި ތިއްބެވި އީރާނުގެ ލީޑަރުން އަވަހާރަކޮށްލާފައި ކަމަށެވެ.
އެހެންކަމުން މިފަހަރު އިޒްރޭލުން ފެށި ހަނގުރާމައިގެ ނިމުން ހިތިވާނެ ކަމަށް މޮޖްތަބާ ވަނީ ވިދާޅުވެފައެވެ.










