March 11, 2026
Advertisement
-
- / ސީ.އެން.އެން

އެމެރިކާގެ ހުރިހާ ރާޑަރުތަކެއް ސުންނާފަތިކޮށްފި. ސަހްޔޫނީ ވެރި ރަށަށް އަންނަ މިސައިލްތައް ދެނެގަންނާނެ ގޮތެއް މިހާރު ނެތް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 10, 2026, 09:53 PM
މާލެ ސިޓީ

އިރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި ސަހްޔޫނީންގެ ދިފާއީ ނިޒާމުގެ މައިބަދަ އެމެރިކާގެ އެހީތެރިކަމާއެކު ގާއިމުކޮށްފައިވާ ހުރިހާ ރާޑަރުތަކެއް ސުންނާފަތިކޮށްލައިފިއެވެ.

Advertisement

އިރާނުން މި ހަމަލާތައް ދީފައިވަނީ އިޒްރޭލާއި އެމެރިކާއިން އިރާންގައި ހިންގަމުންދާ ގަތުލުއާންމުތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މި އޮޕަރޭޝަނުގައި އިރާނުން އެންމެ ޒަމާނީ ހައިޕަރސޮނިކް މިސައިލްތައް ބޭނުންކޮށްފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ވެރިރަށަށް އަންނަ މިސައިލްތައް ދެނެގަންނާނެ އެއްވެސް ވަސީލަތެއް މިހާރު ނެތް ކަމަށް މަސްދަރުތަކުން ރިޕޯޓްކުރެއެވެ.

އިރާނުގެ މިސައިލްތައް ވަނީ ސީދާ އިޒްރޭލުގެ ސެޓްލައިޓްތަކާއި މުވާސަލާތު ކުރާ މަރުކަޒުތަކަށް އަމާޒުވެ، އެ ތަންތަން މުޅިން ސުންނާފަތިކޮށްލާފައެވެ. މީގެ ސަބަބުން އިޒްރޭލުގެ ޖާސޫސީ އިދާރާތަކަށާއި އަސްކަރިއްޔާއަށް މައުލޫމާތު ބަދަލުކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އެމެރިކާއިން ދީފައިވާ އެންމެ ފަހުގެ "ތާޑް" ދިފާއީ ނިޒާމަށް ވެސް މި ހަމަލާތައް ހުއްޓުވުމުގައި އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ "އަޔަން ޑޯމް" އާއި "އެރޯ" ފަދަ ދިފާއީ ނިޒާމުތައް ވަނީ ބޭނުންނުކުރެވޭ ފަދަ ހާލަތަކަށް ގޮސްފައެވެ. ރާޑަރުތައް ހަލާކުވުމުގެ ސަބަބުން، އިރާނުން ފޮނުވާލާ މިސައިލްތައް އަންނަނީ ކޮން ދިމާލަކުން ކަމެއް ނުވަތަ އަމާޒުވަނީ ކޮން ތަނަކަށް ކަމެއް ދެނެގަތުމުގެ ގާބިލުކަން ސަހްޔޫނީންގެ ކިބައިން މިހާރު ވަނީ މުޅިން ގެއްލިފައެވެ.

އިރާނުގެ އައި.އާރް.ޖީ.ސީ ގާޑުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހަމައެކަނި ފެށުމެކެވެ. އިޒްރޭލުން އިތުރު އުދުވާނެއް ހިންގަން އުޅެފިނަމަ، މިއަށްވުރެ މާ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މި ހާދިސާއާ ގުޅިގެން މުޅި އިޒްރޭލުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، އެމެރިކާއިން ދަނީ އިޒްރޭލުގެ ދިފާއީ ނިޒާމު އަލުން މަރާމާތު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިރާނުގެ މި ކާމިޔާބު ހަމަލާއަކީ މެދުއިރުމަތީގެ އަސްކަރީ ބާރުގެ މިޒާން މުޅިން ބަދަލުކޮށްލި ތާރީޚީ ހަމަލާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved