

ފަލަސްތީނުގެ ޣައްޒާގެ އާންމުން މިހާރު ތިބީ ކާނާ އާއި ފެނަށް އިންތިހާއަށް ބޭނުންވެފައި ކަމަށާއި އެކަމަކު އެ މީހުންނަށް ލިބެނީ ބޮން ކަމަށް އދ. އިން ބުނެފި އެވެ.
ޣައްޒާގައި އެހީ ބެހުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ ކޮންޓްރޯލުގެ ދަށަށް ގެންދިޔުމަށް ހުށަހަޅާފައި ވަނީ ސަހްޔޫނީން އަދި އެމެރިކާއިންނެވެ.
މިކަމާއި ދެކޮޅު ހަދަމުން އދ.ގެ އިންސާނީ އެހީދޭ އިދާރާ އޯސީއެޗްއޭ އިން ބުނީ ޣައްޒާއަށް އެހީ ވެއްދުން ސަހްޔޫނީން ހުއްޓުވިތާ ގާތްގަނޑަކަށް ނުވަ ހަފުތާ ވެފައި ވާއިރު ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އަދި އިތުރަށް ނުރައްކާވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަގީގަތަކީ އެހީގެ މަސައްކަތް އެއްކޮށް ހުއްޓުވާފައި އޮތްކަން ... މިހާރު އިތުރަށް ދޭނެ އެހީއެއް ނެތް،
ހުސްވި ހަފުތާގައި ސަހްޔޫނީންގެ ސަރުކާރުން ފާސްކޮށް ހާމަކޮށްފައިވާ ރޭވުމުގެ ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ހަތަރު ކޭމްޕަކަށް ނުވަތަ ޖަލަކަށް ބަދަލު ކުރުމަށް އޮތީ ނިންމާފައެވެ. އެއިން ކޮންމެ ކޭމްޕަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދަކަށް އާއިލާތައް ގެންދާނެ އެވެ. އަދި، އެހީ ބަހާ މަރުކަޒުތަކަށް ގޮސް، ކާބޯތަކެއްޗާއި އެހީގެ ސާމާނާ ހަވާލުވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެއިން ކޮންމެ އާއިލާއަކުން އެކަކަށެވެ.
މި ހުށަހެޅުން އދ. އިން ވަނީ ގަބޫލު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
ލާކޭ ވިދާޅުވީ އެހީ ފޯރުކޮށްދެވޭނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ބަލައިގެން ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ.
އޮކްޓޫބަރު 7، 2023 ގައި ސަހްޔޫނީން ދޭން ފެށި ހަމަލާތަކުގައި ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ސަހްޔޫނީން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޝަހީދުވި މީހުންގެ އަދަދު ވަނީ 52،600 އަށް ވުރެ މަތިވެފަ އެވެ. ހަމަލާތައް ޖެނުއަރީ މަހު މެދުކަނޑާލުމަށް ފަހު އަލުން ދޭން ފެށި ފަހުން ޝަހީދުވި އަދަދުވެސް މިހާރު ވަނީ 2،500 އާ ގާތްކޮށްފަ އެވެ.