April 17, 2026
Advertisement
ޣައްޒާގައި ބަލިމީހުންނަށް ފަރުވާދެނީ
ޣައްޒާގައި ބަލިމީހުންނަށް ފަރުވާދެނީ / ސޯޝަލް މީޑިއާ

ޣައްޒާގައި މިހާރު ކެންސަރު ފަރުވާ އޮތީ ނުރައްކާތެރި ހާލަތެއްްގައި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 29, 2025, 09:57 PM
މާލެ ސިޓީ

ޣައްޒާގައި މިހާރު ކެންސަރު ފަރުވާ އޮތީ ނުރައްކާތެރި ހާލަތެއްްގައި ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފި އެވެ. 

Advertisement

ބޭސްފަރުވާއަށް ބޭނުންވާ ވަސީލަތްތަކާއި ބޭސްތައް ލިބުން ދަތިވެފައިވުމާއެކު، މި ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާކަން ޞިއްޙީ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.

 ސިއްހީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ބޭސްތަކުގެ ތެރެއިން 64 އިންސައްތަ ބޭސް މިހާރު ވަނީ ސްޓޮކުން ހުސްވެފައި ކަމަށެވެ.

ޣައްޒާގައި ކެންސަރު ބަލީގެ ފަރުވާ ދިނުމުގެ ހާލަތު ވަނީ ނުރައްކާތެރި ހިސާބަކަށް ގޮސްފަ އެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ކީމޯތެރަޕީ އާއި އެހެނިހެން ފަރުވާތައް ވަނީ މުޅިން ހުއްޓިފައެވެ.

 މީގެ އިތުރުން، ޔޫރަޕިއަން ހޮސްޕިޓަލް އަދި ޣައްޒާ ކެންސަރު ސެންޓަރު އިވެކުއޭޓް ކުރުމުން މި ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށްވެސް ސިއްހީ ވުޒާރާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޞިއްޙީވުޒާރާއިން ވަނީ މި ހާލަތާ ގުޅިގެން،ބަލިމީހުންނަށް ފަލަސްޠީނުން ބޭރަށް ގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ދިނުމަށާއި، ބޭނުންވާ ބޭސްތައް ޣައްޒާއަށް ވެއްދުމަށް ސަހްޔޫނީއަށް އެދިފަ އެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކެންސަރު ބަލިމީހުންގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރެވެ އެވެ. 

ޣައްޒާދިމާވެފައިވާ މި ހާލަތު އަވަހަށް ރަނގަޅު ނުކުރެވިއްޖެނަމަ، ކެންސަރު ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބައޮތެވެ.

އެހެންކަމުން، ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލުކަން މިކަމަށް ހޯދައި، އަވަސް ހައްލެއް ހޯދުމަކީ މިވަގުތު ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved