February 25, 2026
Advertisement
ޣައްޒާ
ޣައްޒާ / ޔެނި ސަފަކް

ޢައްޒާގެ އެހީ ލިބިގަތުމަށް ތިބި އެތައް ބަޔަކަށް ހަމަލާދީފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 17, 2025, 11:29 PM
ޣައްޒާ

އަޒާގެ ދެކުނުގައި  ހިމެނޭ ޚާން ޔޫނިސްގެ އަލް-ތަހްލިޔާ ރައުންޑްއެބައުޓްގައި އެހީ ލިބިގަތުމަށް ތިބި މީހުންގެ ތެރެއިން ގިނައަދަދެއްގެ މީހުން ސަހްޔޫނީގެ ބާރުތަކުން ޝަހީދުކޮށްލައިފިއެވެ.

Advertisement

ނާސަރ މެޑިކަލް ކޮމްޕްލެކްސްގެ އިމަޖެންސީ، އިންޓެންސިވް ކެއަރ އަދި އޮޕަރޭޝަން ކޮޓަރިތައް މަރުވެފައިވާ އަދި ޒަޚަމުވެފައިވާ މީހުންގެ ގިނަކަމުން ފުރިފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައި ވެއެވެ.

އައްޒާ އަށް އައިސްފައި މިވާއެންމެ ފަހުގެ ހަމަލާއައިސްފައި މިވަނީ ސަހްޔޫނީގެ ސިފައިންގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދު ތަކުގައި ޤާއިމުކޮށްފައިވާ އެހީ ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން ތަނެއްގައެވެ.


އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާ ވޯލްކަރ ޓަރކް ވިދާޅުވެފައިވަނީ، ސަހްޔޫނީއިން ހަނގުރާމަ ކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި ގޮތްތަކުން ޣައްޒާގެ ރައްޔިތުންނަށް ބިރުވެރި، ހިތްދަތި އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ.

އިސްރާއީލުގެ ހަމަލާތައް ފެށި ތާ މިހާތަނަށް 20 މަސް ފާއިތުވީ އިރު މީގެ ތެރޭގައި ހާހުން ގުނާލެވޭ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved