April 30, 2026
Advertisement
އެމެރިކާއިން ޣައްޒާއަށް ބަހާ ފުށުގެ ތެރޭގައި ފުރާނައަށް ނުރައްކާ ބޭހެއް ވަނީ ފެނިފައި.
އެމެރިކާއިން ޣައްޒާއަށް ބަހާ ފުށުގެ ތެރޭގައި ފުރާނައަށް ނުރައްކާ ބޭހެއް ވަނީ ފެނިފައި. / އަލްއަރަބިއްޔާ

ޣައްޒާއަށް ބަހާ ފުށުގެ ތެރެއިން ފުރާނައަށް ނުރައްކާ ބޭހެއް، އެތަކެތި ބެހީ އެމެރިކާ ބައެއް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 29, 2025, 05:57 PM
މާލެ ސިޓީ

ސަހްޔޫނީންގެ ރަހުމުކުޑަ ލާއިންސާނީ ހަމަލާތަކުގައި އިންސާނީ ބޮޑު ކާރިސާއެއްގައި ތެރޭގައި މިހާރު އޮތް ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކާނާގެ އެހީގެ ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ބަހަމުންދާ ގޮދަންފުށުގެ ތެރެއިން ބާރުގަދަ، ނުރައްކާތެރި ބޭހެއް ފެނިއްޖެ އެވެ.

Advertisement

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އެމެރިކާއިން އެހީގެ ގޮތުގައި ބެހި ފުށް ކޮތަޅުތަކުގެ ތެރެއިން އޮކްސީކޯޑޯން ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް، އެ ވޭން ލުއިވާނެ އެހެން ގޮތެއް ނެތް ހާލަތުގައި ދޭ ތަދުކަނޑުވާ ބޭހެކެވެ. އެ ބޭސް ބޭނުން ކުރެވެނީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ.

އޮކްސީކޯޑޯން އަކީ ވަރަށް ފަސޭހައިން އެޔަށް ދެވިހިފާ އަދި ހެލުސިނޭޓް ވުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތަކާއެކު ފުރާނައަށް ވެސް ނުރައްވާ ފަދަ ބޭހެކެވެ.

ފުށުގެ ތެރެއިން މީގެ ބޭސް ފެނުނު ހަތަރު މީހަކު އެކަމުގެ މައުލޫމާތު މިހާތަނަށް ދީފައިވޭ، މިއީ ފަލަސްތީނާ ދެކޮޅަށް ސަހްޔޫނީން ހިނގަމުންދާ ނަސްލު ނައްތާލުމުގެ ބައެއް

ޣައްޒާގެ ސަރުކާރު މީޑިއާ

އެ ބަޔާނުގައި ބުނެފައިވަނީ މީގެ ބޭސް ގަސްތުގައި ފުށާ އެއްކޮށްފައި ހުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަލަރަބިއާ އިންގްލިޝް ނޫހުންވެސް ވަނީ މިފަދަ ބޭސް ގުޅަތަކެއް އެމީހުންގެ ނޫސްވެރިންނަށް އާންމުންގެ ފަރާތުން ދެއްކި ކަމަށް ރިޕޯޓްކޮށްފައި އެވެ.

ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް މިހާރު ކުރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަކީ ޣައްޒާގައި އދ. އިން ހިންގި އެހީގެ މަސައްކަތް ހުއްޓުވުމަށްފަހު، ސަހްޔޫނީންނާއި އެމެރިކާގެ ގުޅިގެން އެ މަސައްކަތް ހަވާލުކުރި އެމެރިކާގެ ޖަމާއަތެކެވެ.

މިމީހުން އެހީ ބެހުމުގެ ދޯދިޔާ އިންތިޒާމްތަކާއި އެ ތަންތަނުގައި ހަމަލާދީ ކޮންމެ ދުވަހަކުހެން އެތައް ބަޔަކު ޝަހީދުކުރަމުން ދާތީ ވެސް ވަނީ ގިނަބައެއް ހާއްސަކޮށް އދގެ ފާޑުކިޔުން ޖީއެޗްއެފް ވަނީ އަމާޒުވެފަ އެވެ.

ސަހްޔޫނީން ޒަމާނުންސުރެން ފަލަސްތީނަށް އަރައި ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ، މިހާރު ހިނގަމުން އަންނަ ކަންތައްތައް ފެށިގެންދިޔައީ، އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން، ބައިލައްކަ އަށް ވުރެ ގިނަ މީހުން ގައްޒާގައި، ޝަހީދުފައިވާއިރު، އޭގެ ތެރޭގައި، ހޮސްޕިޓަލްތަކަށް ދިިން ހަމަލާތަކުގައި މަރުވި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެެ.

އަދި ގާޒާ އޮތީ އިންސާނުން ދިރި ނޫޅެވޭ ވަރަށް ސުންނާފަތިކޮށްލައިފަ އެވެ. ކާނާއާއި ސާފު ފެނަށްޖެހި ގާޒާގެ ރައްޔިތުން އަންނަނީ މަޑުހައި ހޫނު ކަމުގައި ދިނިޔެ ނުދެކޭ ދުވަސްތަކެއް ތަޖުރިބާ ކުރަމުން ނެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، ބަނޑުހައިވެފައިވާ ފަލަސްތީނު ރައްޔިތުން އެހީ ހޯދުމަށް އެހީ ބަހާ މަރުކަޒު ތަކުގެ ދޮށަށް ދިއުމުން އެމީހުންގެ ގަޔަށް ބަޑިޖެހުން ވަނީ އާންމު ކަމަކަށް ވެފައެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved