April 30, 2026
Advertisement
ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފަ--
ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފަ-- / އޭއެފްޕީ

ޣައްޒާގައި ހަނގުރާމަ ދެ މަހަށް މެދުކަނޑާލަން ޓްރަމްޕް އެދިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 2, 2025, 06:46 PM
މާލެ ސިޓީ

ސަހްޔޫނީން ގަދަކަމުން ވެރިވެގަނެގެން އުޅޭ ޣައްޒާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިއްޖެ އެވެ.

Advertisement

ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ނަތަންޔާހޫ އަންނަ ހަފުތާގައި އެމެރިކާއަށް ދާން ހަމަޖެހިފައި ވާއިރު އޭގެ ކުރިން ސަހްޔޫނީންގެ އޮފިޝަލުންނާ ވަނީ ހަމަލާތައް ވަރުގަދަވަމުންދާ މައްސަލައާ ބެހޭ ގޮތުން އޭނާގެ މަންދޫބުން މަޝްވަރާކޮށްފައި ކަމަށެވެ.

"ފަސްދޮޅަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ޝަރުތުތަކަށް އެއްބަސްވެފައިވާއިރު، އެ މުއްދަތުގައި ހަނގުރާމަ ނިންމާލުމަށް ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރާނަން." ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ޓްރަމްޕް

ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލަމުން ދާއިރު ޣައްޒާގައި ސަހްޔޫނީން އަސްކަރީ ހަރަކާތްތައް ފުޅާކޮށް އާންމުން އަނެއްކާވެސް ބައެއް ސަރަހައްދުތަކުން ނުކުންނަށް ވަނީ އަންފައިފަ އެވެ.

ސަހްޔޫނީން ޒަމާނުންސުރެން ފަލަސްތީނަށް އަރައި ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ، މިހާރު ހިނގަމުން އަންނަ ކަންތައްތައް ފެށިގެންދިޔައީ، އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު އެވެ.

އޭގެ ފަހުން، ބައިލައްކަ އަށް ވުރެ ގިނަ މީހުން ޣައްޒާގައި، ޝަހިދުވެފައިވާއިރު، އޭގެ ތެރޭގައި، ހޮސްޕިޓަލްތަކަށް ދިިން ހަމަލާތަކުގައި މަރުވި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved