

ސަހްޔޫނީން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސްއާއިއެކު މަޝްވަރާ ފަށައިފި އެވެ.
ހަމާސްއިން ޖުލައި 4 ވީ ހުކުރު ދުވަހު ބުނެފައިވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމަށެވެ.
މިކަން އިއުލާން ކޮށްފައިވަނީ ފަލަސްތީނުގެ އެހެން ފެކްޝަންތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އަދި ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅުގެ ކުރިންނެވެ
ހަމާސް އިން ވަނީ ސަހްޔޫނީންއާއި އެބައިމީހުންނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ފަލަސްތީނުގެ އެކި ގުރޫޕްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެފަ އެވެ
ހަމާސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވާ ގޮތުން އެ ގުރޫޕުން ވަނީ ފަލަސްތީނުގެ ފޯސްގެ ލީޑަރުންނާއި އެހެން ފެކްޝަންތަކުގެ ފަރާތްތަކާ އެކު ދިގު މަޝްވަރާތަކެއް ފަށައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސް އިން ލަސް ނުވެ ގޮތެއް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.