theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ތެޔޮ ނުލިބި ޣައްޒާގެ ހޮސްޕިޓަލުތައް ހުއްޓުމަކަށް އަތުވެދާނެ / ރޮއިޓަރސް
ދުނިޔެ
ޣައްޒާއަށް ދޭ ހަމަލާތަކުގައި ތެޔޮ ލިބުން ދަތިވެ ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުން ނުރައްކަލަށް ހުށަހެޅިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
09 ޖުލައި 2025
ޣައްޒާ

ސަހްޔޫނީން، ޣައްޒާއަށް ދޭ ހަމަލާތަކުގެ ސަބަބުން ތެޔޮ ލިބުން ދަތިވެ ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުން ނުރައްކަލަށް ހުށަހެޅިއްޖެއެވެ.

ޣައްޒާ ސިޓީގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު، މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ، ކަރަންޓު ޖެނެރޭޓަރުތަކަށް ބޭނުންވާ ތެޔޮ ލިބުމުގެ ދަތިކަމުގެ ސަބަބުން އެ ހޮސްޕިޓަލުން ކަރަންޓް ކެނޑިގެން ގޮސްދާނެ ވަގުތެއް ނޭނގޭތީ، އެންމެން ވެސް ތިބީ ވަރަށް ވެސް ނާޒުކު ހާލަތެއްގައި ކަމަށެވެ.

ސަލްމިޔާ ވިދާޅުވީ، ހޮސްޕިޓަލުގެ އައިސީޔޫތަކާއި އޮޕަރޭޝަން ރޫމްތަކާއި ކިޑްނީ ޑައިލިސިސް ޔުނިޓުތަކުގައި ހުރި އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ އާލާތްތައް ހުއްޓުމުކަށް އައިސް ކުރިމަތިވާނެ ހިތްދަތިކަން މިހާރު އިހުސާސް ކުރެވެމުން އަންނަ ކަމަށެވެ. އޭނާ ވަނީ އެ ހާލަތުގައި މިހާރު އެތައް ސަތޭކަ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާކަން ވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޣައްޒާގެ ދެކުނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ނަސީރު ހޮސްޕިޓަލުން ވެސް ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ތެޔޮ ހުރީ ކުރިއަށް އޮތް 24 ގަޑިއިރަށް ބޭނުން ކުރެވޭ ވަރަށް އެކަނި ކަމަށެވެ.

ޣައްޒާއަށް އެހީ ވެއްދުން ވެސް މަނާކޮށް، ދަތިކުރުމުގެ ފިޔަވަޅު ވަނީ ވަރުގަދަ ކޮށްފައެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ރަނގަޅު ކާނާ ވެސް ނުލިބި ސިއްހީ އެކިއެކި ބަލިތައް ޣައްޒާގައި ދަނީ އިތުރުވަމުންނެވެ.

ޖައްބާރު ސަހްޔޫނީން ގެންދަނީ ކެނޑިނޭޅި ޣައްޒާގެ ހުރިހާ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން، ހަނގުރާމަމަތީ ޖެޓުތަކާއި، ޑްރޯންއިންވެސް ހަމަލާ ދެމުންގެންދާއިރު، އެއްގަމުމަގުންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

އެންމެ ގިނައިން މިހާރު ބޮންއަޅަމުން ގެންދަނީ، ހަމަލާތަކުގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށެވެ. އަދި އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ބޮންއަޅައި އަދި މިސައިލުންވެސް ހަމަލާދެމުން ގެންދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved