April 30, 2026
Advertisement
ޢައްޒާގެ ރައްޔިތުން
ޢައްޒާގެ ރައްޔިތުން / އަލްޖަޒީރާ

ޣައްޒާގައި ހުރި ފެން ބަހާ ޕޮއިންޓަކަށް ހަމަލާއެއް ދީފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 14, 2025, 08:53 PM
މާލެ ސިޓީ

ޣައްޒާގައި ހުރި ފެން ބަހާ ޕޮއިންޓަކަށް ސަހްޔޫނީންއިން އާދީއްތަ ދުވަހު ދިން ވައިގެ ޙަމަލާއެއްގައި ޣައްޒާގެ 6 ކުޑަކުދިންނާއެކު 10 މީހުން ޝަހީދުކޮށް އިތުރު 12 މީހުންނަށް ވަނީ އަނިޔާވެފައެވެ.

Advertisement

މި ޙަމަލާ އަކީ ފަލަސްތީނު އިސްލާމިކް ޖިހާދުގެ މެންބަރަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ކުރިމަތިވެފައި ވާ ހަމަލާއެއް ކަމުގައި ސަހްޔޫނީންގެ މިލިޓަރީން ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްޠީނުގެ 58،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާ ކަމުގައި ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.

ސަހްޔޫނީންގެ މިލިޓަރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހަމަލާ އަމާޒުވކުރި ދިމާނޫން އެހެން ދިމާލަކަށް ވެއްޓުމާއި ގުޅިގެން ރައްޔިތުންނަށް ލިބުނު ގެއްލުމަށް ހިތާމަކުރާ ކަމުގައެވެ.

ފާއިތުވި ހަފްތާތަކުގައި މި ހަމަލާ ތަކުގައި ޝަހީދުވާ މީހުންގެ އަދަދު ވަނީ ދުވާލެއްގެ މައްޗަށް 100 އަށް ވުރެ އިތުރުވެފައެވެ. މިއީ ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ވީރާނާވެފައިވާ ސަރަހައްދެއްގައި ފެންނަ ނުރައްކާތެރި އަދަދެކެވެ.

ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ޣައްޒާގައި ދިރިއުޅެން އުނދަގޫވާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށް ތަކުރާރުކޮށް އިންޒާރުދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved