April 30, 2026
Advertisement
ސަހްޔޫނީން ސީރިއާއަށް ވައިގެ ހަމަލާތައް ދެނީ
ސަހްޔޫނީން ސީރިއާއަށް ވައިގެ ހަމަލާތައް ދެނީ / އަލްޖަޒީރާ

ސަހްޔޫނީން ސީރިއާއަށް ބޮން އަޅަން ފަށައިފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 17, 2025, 05:42 PM
މާލެ ސިޓީ

މެދުއިރުމަތީގައި ސަހްޔޫނީން ހިންގަމުންދާ ޤަތުލުއާންމުގެ ތެރެއިން، ސަހްޔޫނީން ވަނީ ސީރިއާގެ ވެރި ރަށް ދިމިޝްގަށް ވަައިގެ ހަމަލާތައް ދޭން ފަށާފައެވެ.

Advertisement

ސީރިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ތިން މީހުން މަރުވެ 34 މީހުން ވަނީ ޒަޚަމްވެފައެވެ.

ދިމިޝްގުގެ ސަރުކާރުގެ އެކި ތަންތަނަށް މިއަދު ދިން ހަމަލާތައް ސީރިއާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެގައުމުގެ ދިފާއީ ވުޒާރާ ފަދަ ތަންތަނަށް ދިން ހަމަލާތައް "ސީރިއަސް" ކޮށް ނަގާނެ ކަމަށް ސިފަކޮށް ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ސީރިޔާގެ ޓީވީ ޗެނަލަކުން ގެނެސްދިން ވީޑިއޯއަކުން ފެންނަގޮތުގައި އެންމެ ފަހުން ދިން ބޮމުގެ ހަމަލާތަކުގައި ޑިފެންސް މިނިސްޓްރީގެ އިމާރާތަށް ލައިވްކޮށް ހަމަލާތައް ދޭ މަންޒަރު ވަނީ ދައްކާފައެވެ. އަދި މި ހަމަލާތަކުން ރެކެން އާންމު ރައްޔިތުން ހިޔާވަހިކަން ހޯދަން މަސައްކަތް ކުރާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ސަހްޔޫނީން މި ހަމަލާތައް ދެމުން ދަނީ ޑްރޫޒް އާއި އެ ގައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު އުފެދިގައިވާ ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށްވާއިރު ސީރިއާގެ ސިފައިން އެ ގައުމުގެ ދެކުނު ސަރަހައްދުން ނުފައިބައިފި ނަމަ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ސަހްޔޫނީން ވަނީ ދީފައެވެ.

ސަހްޔޫނީން މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ހަމަލާދީ، ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved