April 30, 2026
Advertisement
މޫސުން ގޯސްވެ ޕާކިސްތާނުގައި ފެންބޮޑުވެފައި
މޫސުން ގޯސްވެ ޕާކިސްތާނުގައި ފެންބޮޑުވެފައި / އަލްޖަޒީރާ

ޕާކިސްތާނަށް މޫސުން ގޯސްވެ ގިނަ ބަޔަކު މަރުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 17, 2025, 11:12 PM
މާލެ ސިޓީ

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން ފެންބޮޑުވެ 54 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އެޖެންސީން ރިޕޯޓްކޮށްފިއެވެ.

Advertisement

އިއްޔެ ހެނދުނުން ފެށިގެން ޕަންޖާބު ޕްރޮވިންސްގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

54 މީހުން މިހާތަނަށް މަރުވެފައިވާ އިރު 227 މީހަކަށްވަނީ އެކި ޒަޚަމްތައްވެފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ މަސައްކަތްވެސް ޑިޒާސްޓާ އޭޖެންސީއިން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަން އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved