April 29, 2026
Advertisement
-
- / އަލްޖަޒީރާ

ބަނޑުހައިހޫނުކަމުގެ ހާލަތުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ހޮސްޕިޓަލްތައް ފުރާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 18, 2025, 10:54 PM
މާލެ ސިޓީ

ބަނޑުހައިހޫނުކަމުގެ ހާލަތުގައި ތިބި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޣައްޒާގެ އެކި ކަންކޮޅުތަކުގެ ހޮސްޕިޓަލްތަކަށް އަންނަމުންދާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Advertisement

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކި އުމުރުފުރައިގެ މީހުންގެ ފަރާތުން "ވަރަށް ބޮޑަށް ވަރުބަލިވުމުގެ" ނިޝާންތައް ފެންނަ ކަމަށެވެ. މީގެ އިތުރުން އެތައް ސަތޭކަ ބަޔަކު ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރުވެސް ހެލްތް މިނިސްޓްރީން ވަނީ ދީފައިވެއެވެ.

ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ ކާން ބޯން ނުލިބި ތިބި ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި އެކަށީގެންވާ އަދަދަށް ވަސީލަތްތައް ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޣައްޒާގެ 17،000 ކުދިންނަށް ކާނާ ލިބުން ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އެތަކެއް ހާސް ބަޔަކު މަރުވެ، ވަނީ ބަނޑަށް ޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved