April 29, 2026
Advertisement
ހޫތިން ފޮނުވި މިސައިލް
ހޫތިން ފޮނުވި މިސައިލް / އަލްޖަޒީރާ

ސަހްޔޫނީންގެ ވައިގެ ބަނދަރަށް ހޫތީން ހައިޕަރސޮނިކް މިސައިލެއް ފޮނުވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 19, 2025, 05:30 PM
މާލެ ސިޓީ

ހޫތީންގެ ނަމުން މަޝްހޫރު ޔަމަނުގެ އަންސާރު الله ވަނީ ސަހްޔޫނީންގެ ތެލް އަވީވްގެ ސަރަހައްދަށް ހައިޕަސޮނިކް މިސައިލެއް ފޮނުވާފައިވާ ކަމަށް ހާމަކޮށްފިއެވެ. މި ހަމަލާގެ ސަބަބުން ތެލް އަވީވްގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ، އެއާ ރެއިޑް ސައިރަން އެކްޓިވޭޓްކޮށްފައިވެއެވެ.

Advertisement

ހޫތީން ބުނީ ޔަމަނުން 2،000 ކިލޯމީޓަރު (1،240 މޭލު) ދުރުން ސަހްޔޫނީންގެ ތެލް އަވީވް މެދުތެރެއަށް ދަތުރުކުރި ހައިޕަސޮނިކް ބެލިސްޓިކް މިސައިލެއް 11 މިނެޓުގެ ތެރޭގައި ފޮނުވާލާފައިވާ ކަމަށެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ ބެން ގުރިއަން އެއާޕޯޓު ކައިރީގައި ކަމަށަވާއިރު މި ސަރަހއްދުގައި ތިބި އާންމުން ވަނީ ބިރުން ބަންކަރުތަކަށް ފިލާފައެވެ

ހޫތީން ބުނީ ސަހްޔޫނީންގެ ދިފާއީ ނިޒާމުތަކަށް އެމީހުންގެ މިސައިލް ހުއްޓުވަން ނުކުޅެދިފައިވާ ކަމަށެވެ.

ސަހްޔޫނީންގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި ނުވަ މީހަކަށް ކުދި ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ގެންދަނީ ރަތް ކަނޑު، ގަލްފް އޮފް އެޑަން އަދި ބާބް އަލް މަންޑެބް ކަނޑުއޮޅިން ސަހްޔޫނީންނާއި ގުޅިފައިވާ އުޅަނދުތަކަށް އަމާޒުކޮށް ފަލަސްތީނާ އެއްބައިވަންތަކަން ފާޅުކޮށް ސަހްޔޫނީނުން ޣައްޒާގައި މިހާރު ހިންގަމުންދާ އަސްކަރީ ފިޔަވަޅުތަކާ ދެކޮޅު ކަން އަންގަމުންނެވެ.

ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި ދެކޮޅަށް ޔަމަނުންނާއި އިރާނުން އަންނަނޫ ސަހްޔޫނީންނަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved