April 29, 2026
Advertisement
ކަޝްމީރުގެ ކުދިން މަރާލެވިފައި
ކަޝްމީރުގެ ކުދިން މަރާލެވިފައި / ސޯޝަލް މީޑިއާ

މޯދީ ސަރުކާރުން ކަޝްމީރުގެ މުސްލިމުންނަށް ދިރިހުރުމުގެ ހައްގުވެސް ނުދީ ހިފަހައްޓަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 21, 2025, 02:29 AM
މާލެ ސިޓީ

އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އަކީ ފެށުނީއްސުރެ މުސްލިމުންނާއި ދެކޮޅު މީހެކެވެ. އެކި އެކި ޕޯޑިއަމްތަކުގައި މުސްލިމުން ނެތިކޮށްލަން އެކި ފަހަރުމަތިން މޯދީވަނީ ވާހަކަ ދައްކާފައެވެ. އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް އެކި ގޮތްގޮތުން މޯދީ އަންނަނީ ދުއްތުރާތައް ކުރިމަތި ކުރުވާ ދިރިއުޅުމަށް ދަތިކުރަމުންނެވެ.

Advertisement

މިގޮތުން، އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ އަންހެން މީހެއް މަގުމަތީގައި ހުއްޓުވާ އެ އަންހެން މީހާ އޭނާގެ ދަރި ހޮސްޕިޓަލްއަށް ނުފޮނުވާ ހިފަހައްޓާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެގެން ގޮސްފައެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ އޭނާ ހޮސްޕިޓަލްއަށް ފޮނުވާދިނުމަށް އެދި އާދޭސް ކުރާ މަންޒަރު ފެނިގެންދެއެވެ. ނަމަވެސް އެ ސިފައިންގެ މީހާ އެއްވެސް ރަހުމެއްނެތި އަންހެންމީހާ އާއި އޭނާގެ ދަރި ހިފަހައްޓާ އެހެން އުޅަނދުތައް ފޮނުވާ ތަން ފެނިގެންދެއެވެ.

ކަޝްމީރު ސަރަހައްދުގައި މިއީ އާންމު ކަމެއް ކަމަށް ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. މިފަދަ ކަންކަން ހުއްޓުވުމަށް އިންޑިއާ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާއިރު މިފަދަ ކަންކަމަށް މޯދީ ސަރުކާރުން އަންނަނީ ހިތްވަރު ދެމުންނެވެ.

ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންގެ ބޮލުގައި "ޓެރަރިސްޓް" ޓެގް އަޅުވައި އިންޑިއާ ސަރުކާރުން އަންނަނީ އެ ފަރާތްތަކާއި މެދު ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. މުސްލިމުންނަށް ވީތީ ދިރިހުރުމުގެ ހައްގުވެސް މޯދީގެ އަނިޔާވެރި ސަރުކާރުން އަންނަނީ ކަޝްމީރުގެ ރައްޔިތުން ކިބައިން ނިގުޅައިގަންނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved