April 29, 2026
Advertisement
މުޒައްމިލް އައްޔޫބް ތާކުރް
މުޒައްމިލް އައްޔޫބް ތާކުރް / ސޯޝަލް މީޑިއާ

އިންޑިއާގައި ދިރިއުޅޭ މުސްލިމުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 22, 2025, 12:03 AM
މާލެ ސިޓީ

އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމުން، ޚާއްސަކޮށް ކަޝްމީރު ސަރަހައްދުގައި ދިރިއުޅޭ މުސްލިމުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ކަޝްމީރް ފްރީޑަމް މޫވްމަންޓްގެ ރައީސް މުޒައްމިލް އައްޔޫބް ތާކުރް ބުނެފިއެވެ.

Advertisement

މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުޒައްމިލް ބުނެފައިވަނީ މޯދީ ސަރުކާރުން އަންނަނީ އެމީހުންގެ ހުރިހާ ހަރަކާތްތަކަށް ފާރަލަމުން ކަމަށެވެ.

މިގޮތުން، ފޯން ކޯލްތަކާއި، މެސްޖްތަކާއި އީމެއިލްތަކަށް ދަންދެން އަންނަނީ ފާރަލަމުން ކަމަށާއި މޯދީ ސަރުކާރަށް ނޭނގި ކަޝްމީރް ސަރަހައްދުގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް މުޒައްމިލް ފާހަގަކުރިއެވެ.

ކަން މިހެން ހުރުމުގެ ސަބަބުން އާންމުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިފައި ކަމަށާއި ޓެކްނިކަލް އެއްވެސް އާލާތެއް ބޭނުންކުރުމަށް ފަސްޖެހެމުންދާކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާގެ އަމިއްލަ އާއިލާއިން ވެސް ޖަލަށް ލާ އަނިޔާކޮށްފާނެ ކަމުގެ ބިރަށް އޭނާއާއި ފޯނުގެ ޒަރިއްޔާއިން ވާހަކަ ދެއްކުމަށް ބިރުގަނެފައިވާ ކަމަށް މުޒައްމިލް ވަނީ ވަރަށް އަސަރާއިއެކު ފާހަގަކޮށްފައެވެ.

ފަލަސްތީނުގައި މުސްލިމުންނަށް ކުރާ އަނިޔާއާއި އެއްވަރަށް ކަޝްމީރުގައިވެސް މުސްލިމުން ތަހައްމަލުކުރަމުން ދާ ކަމަށާއި މޯދީ ސަރުކާރުން އަންނީ މުސްލިމުން މަރަމުން ކަމަށް މުޒައްމިލް ފާހަގަކުރިއެވެ.

މޯދީ ސަރުކާރުގެ އަމަލުތައް މިފަދައިން ހުރުމާއި އެކު މި ސަރަހައްދުގެ ގައުމުތަކުން އަންނަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން އަންނަނީ މިކަންތައް ނުފެންނަ ކަމަށް ހަދާ މޯދީއަށް ކެނޑިނޭޅު ޘަނާ ކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved