April 29, 2026
Advertisement
-
- / އަލްޖަޒީރާ

ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓި އެންމެން މަރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 24, 2025, 11:34 PM
މާލެ ސިޓީ

49 ފަސިންޖަރުންނާއި އެކު ދަތުރުކުރަމުން ދިޔަ ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓެ އެންމެން މަރުވެފައިވާ ކަމަށް ބެލެވިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

އަންތޯނޮފް އޭއެން-24 މަރުކާގެ މި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށް ބެލެވިފައިވީނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން މިކަން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ.

ރަޝިއާގެ އިމަޖެންސީ ސިޗުއޭޝަންސް މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްއައި-8 ރެސްކިއު ހެލިކޮޕްޓަރަކުން ވަނީ ޓައިންޑާގެ ދެކުނުން ގާތްގަނޑަކަށް 15-16 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދައެއްގައި މަތިންދާބޯޓުގެ ބައިތައް އަނދަމުން ދިޔަ ތަން ފެނިފައިވެއެވެ.

އިންވެސްޓިގޭޓަރުން އާންމުކުރި ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބޮޑު ޖަންގަލީގެ ތެރެއިން ދުން އަރަމުންދާއިރު، ބޯޓު ވެއްޓުނު ސަރަހައްދުގައި ކުނިތައް ފެތުރިފައި ވެ އެވެ.

އޮފިޝަލުން ވިދާޅުވީ ހެލިކޮޕްޓަރުގައި ތިބި މީހުން ސަލާމަތްކުރާ މީހުންނަށް އެއްވެސް ފަސިންޖަރެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށާއި، އެ ސަރަހައްދު ހާލަތު ގޯސްވުމުގެ ސަބަބުން ގްރައުންޑް ޓީމްތަކަށް ވަނުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved