April 29, 2026
Advertisement
-
- / ސީ.އެން.އެން

ތައިލެންޑް އަދި ކެމްބޯޑިއާގެ ޚާރިޖީ ގުޅުން ގޯސްވެ ހަނގުރާމައަކާ ދިމާއަށް؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 25, 2025, 03:37 AM
މާލެ ސިޓީ

ތައިލެންޑް އަދި ކެމްބޯޑިއާގެ ދެމެދުގައި ޚާރިޖީ ގުޅުން ގޯސްވެ ހަނގުރާމައަކާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.

Advertisement

މިގޮތުން، ތައިލޭންޑާއި ދެމެދު ޖެހިފައިވާ ބޯޑަރު މައްސަލަ ހޫނުވެ، ހަމަލާތައް ބަދަަލުކުރަން ފެށުމާއި އެކީ ކެމްބޯޑިއާއިން އެގައުމުގެ ހޮސްޕިޓަލަކަށާއި އާންމުން ދިރިއުޅެމުން އަންނަ ސަރަހައްދަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް ތައިލޭންޑް އިން ވަނީ ތުހުމަތުކޮށްފައެވެ.

މިހަމަލާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން މަރުވެފައިވާ ކަމަށް ތައިލޭންޑްގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކެމްބޯޑިއާއިން ދެމުންދާ ހަމަލާތައް ނުހުއްޓައިފިނަމަ ތައިލޭންޑް އިންވެސް އަސްކަރީ ބާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ތައިލޭންޑް އިން ވަނީ ދީފައެވެ.

ދެގައުމުގެ ދެމެދުގައި ޖެހިފައިވާ ބޯޑަރު މައްސަލަ، ހޫނުވެ، ނުތަނަވަސްކަން އިތުރުވެ، ހަމަލާތައް ދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. މި ހަމަލާތަކުގައި މިހާތަނަށް ތައިލޭންޑުގެ 11 މީހުން ވަނީ މަރާލާފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved