April 29, 2026
Advertisement
-
- / އަލްޖަޒީރާ

ތައިލޭންޑް ކެމްބޯޑިއާ ހަނގުރާމަ: މިހާތަނަށް 32 މަރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 26, 2025, 06:17 PM
މާލެ ސިޓީ

ތައިލޭންޑް އާއި ކެމްބޯޑިއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 32 މީހުން މަރުވެ 100 ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ކެމްބޯޑިއާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އިތުރު 12 މީހަކު މަރާލާފައިވާ ކަމަށާއި މިހާރު ދެގައުމުން މަރުވެފައިވާ މީހުންގެ އަދަދު 32 އަށް އަރާފައިވެއެވެ.

މިކަމުގެ ސަބަބުން އޭޝިއާގެ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް މި ހަނގުރާމައިން އަސަރު ކުރުމުގެ ބިރު ބޮޑުވެފައިވާކަމަށް ބުނެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ތައިލޭންޑުން ރިޕޯޓްކުރިގޮތުގައި 13 އާންމުންނާއި 6 ސިފައިން ވޭދުވެ ދިއަ 2 ދުވަސްތެރޭގައި މި ހަނގުރާމައިގައި މަރުވެފައިވެއެވެ. މީގެއިތުރުން 29 ސިފައިންނާއި 30 އާންމުން ކެމްބޯޑިއާގެ ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކެމްބޯޑިއާއިން ހާމަކޮށްފައިވާގޮތުގައި އެ ގައުމުގެ އުތުރު ބޯޑަރު ކައިރީގައި ދިރިއުޅޭ 20000އަށް ވުރެ ގިނަ ރައްޔިތުން ވަނީ މިހާރު އެހެންތަންތަނަށް ބަދަލުކޮށްފައެވެ. ތައިލޭންޑުން ހާމަކުރި ގޮތުގައި އެގައުމުގެ 138000 އަށް ވުރެ ގިނަ ރައްޔިތުން މިހާރު ބޯޑަރުތަށް ކައިރިން ދުރަށް ގެންގޮސްފައިވެއެވެ.

ތައިލެންޑުން ބުނާ ގޮތުގައި ހަމަނުޖެހުންތައް ފެށުނީ ކެމްބޯޑިއާގެ އަސްކަރިއްޔާއިން ބޯޑަރު ކައިރީގައި ތިބި ތައިލެންޑް ސިފައިންގެ ސަވައިލެންސް ހިންގުމަށް ޑްރޯންތައް ބެހެއްޓުމުން ކަމަށާއި ކެމްބޯޑިއާ އިން ބުނީ މި ހަމަނުޖެހުންތައް ފެށުނީ ތައިލެންޑް ސިފައިން، ބޯޑަރު ކައިރީގައި ހުރި ޚްމޭރު ހިންދޫ ފައްޅި ހުންނަ ސަރަހައްދަށް ވަދެ، ކުރިން ވެވިފައިވާ އެއްބަސްވުމަކާ ހިލާފުވުމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved